މަސައްކަތް
ނަންބަރު: (IUL)30-G/1/2015/79
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 14:56
ސުންގަޑި: 16 ޖޫން 2015 10:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އުފެއްދުންތައް މާކެޓް ކުރުމަށް ބޭނުންވާ މެޓީރިއަލްސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓާ ގުޅިގެން ކުރިއަށްގެންދާ "ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމް"ގެ ދަށުން ފުނާޑު ޑިވެލޮޕްމަންޓް ކޯޕަރޭޓިވް ސޮސައިޓީގެ އުފެއްދުންތައް މާކެޓް ކުރުމަށް ބޭނުންވާ މެޓީރިއަލްސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 ފެބުރުވަރީ 2015 (އަންގާރަ) ދުވަހުގެ 10:00 އަށް މިމިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް، ހ.ވައިޓްވޭވް، މޫންލައިޓް ހިނގުން، ކޮންފަރެންސްރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު 22 ޖޫން 2015 ވަނަ ދުވަހުގެ 13:00 އަށް މިމިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް، ހ.ވައިޓްވޭވް، މޫންލައިޓް ހިނގުން، ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯޒަލް ހުޅުވޭނީ ހާޒިރުވެވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރުގައެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ދަންނަވާފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ 3341836 އަށް ގުޅުއްވުން އެދެމެވެ.

21 ޝައްވާލް 1436

08 ޖޫން 2015