ޢާންމު މަޢުލޫމާތު
ނަންބަރު: HDC(161)-MPR/IU/2024/200
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 16:22
ސުންގަޑި: 16 ސެޕްޓެންބަރު 2024 00:00
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަޅުތެރެއަށް ފެތިފައިވާ އުޅަނދެއް ނެގުމާގުޅޭ

 

 

HDC(161)-MPR/IU/2024/200 :ނަންބަރު

އިޢުލާން

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަޅުތެރެއަށް ފެތިފައިވާ އުޅަނދެއް ނެގުމާގުޅޭ

 

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަޅުތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ސަރަހައްދުގައި ފެތިފައިވާ ރަޖިސްޓްރީ ނަންބަރު P9512B-17(02-S) އުޅަނދު އެ ސަރަހައްދުން ނެގުމަށް މި ކޯޕަރޭޝަނުން 22 އޯގަސްޓު 2024 ގައި ކޮށްފައިވާ ނަންބަރު: HDC (161)-ACF/2024/187 އިއުލާނާ ހަވާލާދީ ދަންނަވަމެވެ.

ހަވާލާދީފައިވާ އިއުލާނުގައި ކަނޑައެޅިފައިވާ މުއްދަތުގައި އެ އުޅަނދު ނަގާފައި ނުވާތީ، ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ގިނަ ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.

ވީމާ، މި އުޅަނދުގެ ވެރިފަރާތުން، މި ކޯޕަރޭޝަންގެ ފިކްސްޑް އެސެޓް ޑިޕާޓްމަންޓާ ގުޅޭ ނަންބަރު، 9439999 އަށް ގުޅުއްވައި މައުލޫމާތު ސާފުކުރެއްވުމަށްފަހު، މިއަދުން ފެށިގެން ހަތް (07) ދުވަހުގެ ތެރޭގައި މި އުޅަނދު އެ ސަރަހައްދުން ނެގުމަށް ދަންނަވަމެވެ. އަދި ދެންނެވުނު މުއްދަތުގައި މިއުޅަނދު އެ ސަރަހައްދުން ނަގާފައި ނުވާނަމަ، މި ކޯޕަރޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން އުޅަނދާމެދު އަމަލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

އަދި މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން މި ކޯޕަރޭޝަނަށް ލިބޭ އެއްބާރުލުމަށް މި ފުރުސަތުގައި ނިހާޔަތަށް ޝުކުރުދަންނަވަމެވެ.

 

07 ރަބީއުލް އައްވަލް 1446

10 ސެޕްޓެމްބަރު 2024

 

 

10 ސެޕްޓެންބަރު 2024