މަސައްކަތް
ނަންބަރު: (IUL)459-A/1/2015/50
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 14:53
ސުންގަޑި: 17 ޖޫން 2015 10:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ޕްރޮސީޖަރ މެނުއަލް ރިވިއުކޮށް ތަރުޖަމާކޮށްދޭނެ ފަރާތެއް ހޯދުމަށް

މި މިނިސްޓްރީއަށް ޕްރޮސީޖަރ މެނުއަލް ރިވިއުކޮށް ތަރުޖަމާކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: IUL)459-A/1/2015/37) އިޢުލާން ބާޠިލުކޮށް އަލުން މިކަމަށް އިޢުލާން ކުރުން

މި މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގައި މި މިނިސްޓްރީން ޢަމަލުކުރަމުންގެންދާ ޕްރޮސީޖަރ މެނުއަލް އިތުރަށް ރިވިއުކޮށް އަދި ތަރުޖަމާކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: IUL)459-A/1/2015/37) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް (ވެލާނާގޭގެ 6 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 ޖޫން 2015 ވާ ހޯމަ ދުވަހުގެ 11:30 އަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް (ވެލާނާގޭގެ 6 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

22 ޝަޢުބާން 1436

09 ޖޫން 2015