ބީލަން
ނަންބަރު: GS43-B/2024/111
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 12:38
ސުންގަޑި: 18 ސެޕްޓެންބަރު 2024 13:00
ޝަރަފުއްދީން ސްކޫލް
ދިވެހިރާއްޖެ
ސްކޫލް ކެންޓީން ހިންގާނެ ފަރާތެއް ހޯދުމަށް

                          ނަންބަރ: GS43-B/2024/111

އަންދާސީ ހިސާބު ހުށަހެޅުމުގެ ދައުވަތު

މިސްކޫލުގެ ކެންޓީނު ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ GS43-B/2024/103 އިޢުލާނަށް ޝަރުތުހަމަވާ އެއްވެސް ފަރާތަކުން ބީލަން ހުށަހަޅުއްވާފައި ނުވާތީ ދެ ވަނަފަހަރަށް މި ބީލަމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

ކެންޓީނު ކުއްޔަށްހިފުމަށް އެދޭ ފަރާތްތަކުން، 11 ސެޕްޓެމްބަރ 2024 އިން ފެށިގެން 18 ސެޕްޓެމްބަރ 2024 އަށްބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00އަށް ސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުންއެދެމެވެ.

ކެންޓީނު ކުއްޔަށްހިފުމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 22 ސެޕްޓެމްބަރ 2024 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

1- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.

2- ރަޖިސްޓްރީ ނަންބަރު.

3- އީމެއިލް އެޑްރެސް.

4- ގުޅޭނެ މޯބައިލް ނަންބަރު.

ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 24 ސެޕްޓެމްބަރ 2024 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 ޝަރަފުއްދީން ސްކޫލް

 ހިތަދޫ، އައްޑޫ

 ފޯން: 7030-688

 އީ-މެއިލް: [email protected]

މި ޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

10 ސެޕްޓެންބަރު 2024