ދިވެހިރާއްޖެ
މި އިޢުލާންވަނީ 17 ސެޕްޓެންބަރު 2024 08:41 ގައި ބާތިލް ކުރެވިފައެވެ.
ބިދޭސީންގެ ދަފްތަރު އަދާހަމަކުރުމާއި ގުޅޭ
ޤާނޫނު ނަންބަރު : 7/2010 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 8 ވަނަ އިސްލާޙް ގެނައުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ،ބ) ގައި ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، ދަފްތަރެއް ކައުންސިލުން ބަލަހައްޓަން ލާޒިމްކުރާތީ، މިރަށުގައި ދިރިއުޅޭ ބިދޭސީންނާއި ބެހޭ މަޢުލޫމާތު ހޯދައި ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
ބިދޭސީން ދަފްތަރުގައި ރަޖިސްޓްރީ ކުރުމަކީ، އެ ބިދޭސީއަކަށް ވަޒީފާ ދީފައިވާ ފަރާތުން ކުރަންޖެހޭ ކަމެކެވެ. އެހެން ކަމުން ރަށުގައި މަސައްކަތްކުރާ ބިދޭސީން 19 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ބިދޭސީންގެ ދަފްތަރު ފޯމް އޮންލައިންކޮށް ފުރުއްވުންއެދެމެވެ. މިފޯމު ތިރީގައިވާ ލިންކް މެދުވެރިކޮށް ފުރުއްވޭނެކަމުގައި ދަންނަވަމެވެ.
މަތީގައިވާ މުއްދަތުގައި މަޢުލޫމާތު ހުށަނާޅާ ފަރާތްތަކާއި ޤަވާއިދާއި ޚިލާފަށް އުޅޭކަމަށް ފާހަގަ ކުރެވޭ ބިދޭސީންގެ މަޢުލޫމާތު ކަމާއި ބެހޭ މުވައްސަސާތަކަށް ހުށަހަޅައި، އެފަރާތްތަކާއި މެދު ޤަވާއިދުން ފިޔަވަޅު އެޅޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ފޯމް ލިންކް: https://forms.gle/bk2TBv54Mq1yEqf16
ވީމާ، މިކަން އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި އަންގާ އިޢުލާން ކުރަމެވެ.