ކުއްޔަށް ދިނުން
ނަންބަރު: (IUL)409/409/2024/70
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:34
ސުންގަޑި: 16 ސެޕްޓެންބަރު 2024 11:00
ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފިއުލް ޝެޑެއް އިމާރާތްކޮށް ހިންގުމަށް ބޭނުންވާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުން.

 ފިއުލް ޝެޑެއް އިމާރާތްކޮށް ހިންގުމަށް ބޭނުންވާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުން.

 

         ފިއުލް ޝެޑެއް އިމާރާތްކޮށް ހިންގުމަށް ގއ.ނިލަންދޫ ޖެޓީ ސަރަހައްދުން 2000 އަކަފޫޓުގެ ބިމެއް 20 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް މި ކައުންސިލުން ނިންމާފައިވެއެވެ. ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހުގެ 11:00 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

                        ބީލަމާބެހޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ހީރަސް ކުރެވިފައިވާނެއެވެ. މިމަސައްކަތާއި ގުޅޭ ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތަން އަދި ތާރީޚް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.

ތަފްޞީލް

ތަން

ތާރީޚް

ދުވަސް

ވަގުތު

ޕްރޮޕޯސަލް ހުށަހެޅުން

ގއ.ނިލަންދޫ ކައުންސިލްގެ އިދާރާ

16 ސެޕްޓެމްބަރު 2024 

ހޯމަ

11:00

         މިއިޢުލާނާއި ގުޅިގެން ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ލޯކަލް އިންވެސްޓްމެންޓް، ޕާރޓްނަރޝިޕް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ  [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. ނުވަތަ 4000012 ނަންބަރަށް ގުޅުއްވުން އެދެމެވެ. މައުލޫމާތު ޝީޓާއި އެއްގޮތަށް އަންދާސީ ޕްރޮޕޯސަލް ހުށަހަޅުއްވާފައިވާނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

‏‏                  7  ރަބިޢުލްއައްވަލް  1446

10 ސެޕްޓެންބަރު 2024