ދިވެހިރާއްޖެ
ކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް 02 ކޮޓަރީގެ އެޕާޓްމަންޓް ޢިމާރާތެއްކޮށްދޭނެ ފަރާތެއް ހޯދުމުގެ ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިކައުންސިލްގެ ނަންބަރު: (IUL)272/272/2024/108 (21 އޮގަސްޓް 2024) އިޢުލާނާ ގުޅިގެން ބިޑު ހުށަހެޅި ފަރާތުން ހުށަހެޅި އަގު ބޮޑުކަމަށް ފާހަގަކުރެވޭތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެމަސައްކަތަށް އިޢުލާންކުރަމެވެ.
މިކައުންސިލުންދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް، އަމިއްލަ ޚަރަދުގައި 02 ކޮޓަރީގެ އެޕާޓްމަންޓް ޢިމާރާތެއްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިމަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކުގައި، މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ. " ބީލަން ހުށައަޅާ ފޯމް" މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި ބީލަން ހުށަހަޅާ ފޯމާއެކު ބީލަން އިވެލުއޭޓްކުރުމުގައި ބޭނުންކުރާނެ އުޞޫލުތައް ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.
ބީލަމުގައި ރަޖިސްޓްރީވުން:
ބީލަމުގައި ބައިވެރިވުމަށް 350.00ރ (ތިންސަތޭކަ ފަންސާސް ރުފިޔާ) ގެ ނަން-ރިފަންޑެބަލް ރަޖިސްޓުރޭޝަން ފީ އެއް ދައްކަން ޖެހޭނެއެވެ. ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 10 ސެޕްޓެންބަރު 2024 ވާ އަންގާރަ ދުވަހުގެ 13:00 ން ފެށިގެން 16 ސެޕްޓެންބަރު 2024 ހޯމަ ދުވަހުގެ 13:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން، ނުވަތަ ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.
ލިންކް: https://forms.gle/HxJLiSbZ7hyxYb88A
މަޢުލޫމާތު ސާފުކުރުން
ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 17 ސެޕްޓެންބަރު 2024 ވާ އަންގާރަ ދުވަހުގެ 11:00 ގައި، ނޫމަރާ ޕްރީ ސްކޫލް ހޯލުގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމުގެ ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މެއިލު ކުރެވޭނެއެވެ. ބީލަމާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ އީމެއިލް ކުރައްވާނީ 17 ސެޕްޓެންބަރު 2024 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން މިކައުންސިލްގެ [email protected] އީމެއިލް އެޑްރެހަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540042 ނުވަތަ 9163162 ނަމްބަރާއެވެ.
ބީލަން ހުށަހެޅުން
ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 22 ސެޕްޓެންބަރު 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ނޫމަރާ ޕްރީސްކޫލު ހޯލްގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބީލަމާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ ޤާނޫނު ނަމްބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގައި ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 2014/19 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.