ވަޒީފާގެ ފުރުޞަތު
ނަންބަރު: IUMH-AD/I/2024/11
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 10:30
ސުންގަޑި: 22 ސެޕްޓެންބަރު 2024 12:00
އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
މަސައްކަތު

 

ވަޒީފާގެ ފުރުސަތު

                                                ނަންބަރު:IUMH-AD/I/2024/1

މަޤާމު:

މަސައްކަތު

 ބޭނުންވާ ޢަދަދު : 1

މުސާރަޔާއި އިނާޔަތްތައް:

  • އަސާސީ މުސާރަ : 3،000.00
  • ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް: ދުވާލަކަށް 100.00 ރުފިޔާ
  • ސަރވިސް އެލަވަންސް: މަހަކަށް 1،000.00 ރުފިޔާ
  • ފޯނު އެލަވަންސް: މަހަކަށް 100.00 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

އައި.ޔޫ.އެމް ފޮނަދޫ ލަރނިންގ ސެންޓަރ  - ލ. ފޮނަދޫ

މަޤާމުގެ ޝަރްޠުތައް:

  1. ލިޔަންކިޔަން އެގުން.
  2. އުމުރުން  18 އަހަރާއި 50 އަހަރާއި ދެމެދުގެ މީހެއް ކަމުގައިވުން.
  3. ހީވާގި މުރާލިކަމާއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން.
  4. ނަޒާހަތްތެރި ރަގަޅު އަޚްލާގެއްގެވެރި މީހަކަށްވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކެމްޕަހުގެ އޮފީސްބައި ކޮންމެ ދުވަހަކު ފޮޅާސާފުކުރުން.
  2. މުޅި ކެމްޕަސް ހިމެނޭ ސަރަހައްދު އެތެރެ ކުނިކަހައި ސާފުކުރުން
  3. ކޮންމެ ދުވަހަކު އޮފީހުގެ މޭޒުތަކާއި ގޮޑިތަކާއި ކަބަޑުތަކާއި ކުޑަދޮރުތައް ފޮހެ ސާފުކޮށް ބެލެހެއްޓުން.
  4. ކޮންމެ ދުވަހަކު ސްޓާފުންގެ ފާޚާނާއާއި ދަރިވަރުންގެ ފާޚާނާތައް ދޮވެ ސާފުކޮށް ބެލެހެއްޓުން.
  5. ކޮންމެ ދުވަހަކު ކެމްޕަހުގެ ކްލާސްރޫމްތަކާއި ސެމިނަރ ރޫމް އާއި މީޓިންގ ރޫމް ފޮޅާ ސާފުކޮށް ބެލެހެއްޓުން. (މޮޕްލާން ޖެހޭ ތަންތަނުގައި ކޮންމެ ދުވަހަކު މޮޕުލައި ސާފުކުރުން.)
  6. އޮފީހުން އިންތިޒާމްކުރާ އެކިއެކި މީޓިންގތަކަށް ސައި ތައްޔާރުކުރުން.
  7. ކެމްޕަހުން ހިންގާ އެކިއެކި ޙަރަކާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.

ކޮންމެ ދުވަހަކު އޮފީހުގެ ގޯތިތެރެ ކުނިކަހާ ސާފުކުރުމާއި ގަސްތައް ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

މިމަގާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

  • ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވައިޓޭ)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ

ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް

  • ސޮފްޓްކޮޕީ ހުށަހަޅުއްވާ ފަރާތްތަކުން [email protected] އަށް އީމެއިލްކޮށްދެއްވުން އެދެމެވެ.
  •  ހާޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުން ލ. ފޮނަދޫ ލަރނިންގ ސެންޓަރަށް އެޕްލިކޭޝަން ހުށަހެޅުއްވޭނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅުއްވާ އެއްމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ވާނެއެވެ.

އިއުލާނުގެ މުއްދަތު ހަމަވާ ތާރީޚް:

22 ސެޕްޓެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 12:00 އަށް

އިތުރު މައުލޫމާތު:

  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން ހެނދުނު 09:00 އާއި މެންދުރު 14:00 އާއި ދެމެދު 3016522 އަށް ގުޅުއްވުން އެދެމެވެ.

10 ސެޕްޓެމްބަރ 2024

10 ސެޕްޓެންބަރު 2024