ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)333/333/2024/49
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 10:29
ސުންގަޑި: 17 ސެޕްޓެންބަރު 2024 14:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށުގެ ހުޅަނގު އުތުރު ފަރާތު ފަސްގަނޑުގައި ހުރި ބައުވެހިކަލްތަކާއި ދަގަނޑުތައް ނައްތާލުން

މިރަށުގެ ހުޅަނގު  އުތުރު ފަރާތުގެ ހިއްކި ފަސްގަނޑު ސަރަޙައްދުގައި ބައުވެ ހަލާކުވެފައިވާ ވެހިކަލްތަކާއި ބައުދަގަނޑުތަކެއް ހުންނަތާ އެތަކެއް އަހަރުވަނީ ވެފައެވެ. އެތަކެތި އެތަނުގައި ހުރުމުގެ ސަބަބުން އެސަހައްދުގެ ތިމާވެއްޓަށް ނޭދެވޭ އަސަރު ކުރުމާއި ރަށުގެ މަލަމަތީގެ ރީތިކަން ވަނީ ގެއްލިފައެވެ. ވީމާ، މަތީގައި ދަންނަވާފައިވާ ބައުވެ ހަލާކުވެފައިވާ ވެހިކަލްތަކާއި ބައުދަގަނޑުތައް 2024 ސެޕްޓެމްބަރ 17 ވަނަ ދުވަހުގެ ކުރިން އެތަނުން ނެގުމަށް އެތަކެތީގެ ވެރިފަރާތަށް އަންގާ ޢިޢުލާން ކުރަމެވެ. މަތީގައި ދަންނަވާފައިވާ މުއްދަތުގައި މިތަކެތި ނުނަގައިފިނަމަ އެތަކެތި ނައްތާލުމުގެ މަސައްކަތް މިކައުންސިލުން ކުރާނެކަމުގައި ދަންނަވަމެވެ. އަދި މީގެ ސަބަބުން ލިބޭ ގެއްލުމަކަށް މިކައުންސިލުން ޒިންމާ ނުނަގާނެ ކަމުގައިވެސް ދަންނަވަމެވެ. މަތީގައި ދަންނަވާފައިވާ ތަކެތީގެ ފޮޓޯ ތިރީގައި އެވަނީއެވެ.

07ރަބީޢުލް އައްވަލް 1446

 

10 ސެޕްޓެންބަރު 2024