ދިވެހިރާއްޖެ
2024 ސެޕްޓެންބަރު 08 ވަނަ ދުވަހުން ފެށިގެން ނ. ވެލިދޫ ކުނި ނައްތާލުމުގެ ޚިދުމަތުގައި ރަޖިސްޓްރީވެފައިވާ ތަންތަނުން ކުނި ނެގުމުގެ މަސައްކަތް ކުރަމުން ދަނީ ނ. ވެލިދޫ ކައުންސިލްގެ އިދާރާއިންނެވެ. މިގޮތުން، ކުރިން ކުނި ނަގަމުން އައި ތާވަލާއި އެއްގޮތަށް ކުނި ނަގަމުން ނުދިޔަކަމުގައި ވިޔަސް، މިހަފްތާގެ ނިޔަލަށް ޚިދުމަތުގައި ރަޖިސްޓްރީވެފައިވާ އެންމެހައި ތަންތަނުން ކުނި ނެގޭނެ ވާހަކަ ދެންނެވީމެވެ.
މީގެ އިތުރުން، 2024 ސެޕްޓެންބަރު 14 ވާ ހޮނިހިރު ދުވަހުން ފެށިގެން ކުނި ނެގުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ތާވަލުކުރެވިފައިވާ ގޮތް ތިރީގައި މިދަންނަވަނީއެވެ.
| 
 ކުނީގެ ބާވަތް  | 
 ކުނި ނަގާ ދުވަސް  | 
 ކުނި ނަގާ ސަރަޙައްދު  | 
 ކުނި ނަގާ ގަޑިތައް  | 
| 
 ބަދިގެ ޑަސްބިނާއި ނެޕީ  | 
 ކޮންމެ ދުވަހަކު  | 
 ހުރިހައި ސަރަޙައްދަކުން  | 
 07:00 އާ 09:00 އާ ދެމެދު  | 
| 
 އެހެނިހެން ކުނީގެ ބާވަތްތައް  | 
 ހޮނިހިރު  | 
 އޯޝަންމަގުގެ ދެކުނު ފަތިން ފެށިގެން އުތުރު އަވަށް ނިމެންދެން  | 
 11:00 އާ 12:00 އާ ދެމެދު އަދި 14:00 އާ 17:00 އާ ދެމެދު  | 
| 
 އާދީއްތަ  | 
 ސޯސަންމަގުގެ ދެފަރާތް  | 
||
| 
 ހޯމަ  | 
 ޗާނދަނީމަގުގެ އުތުރު ފަތިން ރޯޝަނީމަގުގެ ދެކުނު ފައްޗަށް  | 
||
| 
 އަންގާރަ  | 
 މިސްކިތްމަގުގެ އުތުރު ފަތިން ބޮޑުމަގުގެ ދެކުނު ފައްޗަށް  | 
||
| 
 ބުދަ  | 
 ދޭލިޔާމަގުގެ ހުޅަނގު ފަތިން ހަވީރީ ހިނގުމުގެ އުތުރު ގެތަކުން  | 
||
| 
 ބުރާސްފަތި  | 
 ހަވީރީ ހިނގުމުގެ އުތުރު ފަތިން ދެކުނު އަވަށް ނިމެންދެން  | 
ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.