ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)375/375/2024/37
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:23
ސުންގަޑި: 22 ސެޕްޓެންބަރު 2024 13:00
ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ. މީދޫ މަސްޖިދުއްއަބޫބަކުރުއްޞިއްދީޤްގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ ނިޒާމް ހަރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު. 

ދ. މީދޫ މަސްޖިދުލް އަބޫބަކުރުގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ ނިޒާމް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ:

1.   ދ.މީދޫ މަސްޖިދުލް އަބޫބަކުރުގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ ނިޒާމް ހަރުކޮށްދޭނެ ފަރާތެއްހޯދުމަށް މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

2.   މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިތުރު މަޢުލޫމާތު ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

3.   މި ބީލަމުގައި ރަޖިސްޓަރީ ކުރުމަށް 2024 ސެޕްޓެމްބަރ 9 ން 2024 ސެޕްޓެމްބަރ 18 ގެ ނިޔަލަށް "ބިޑް ރަޖިސްޓަރީ ފޯމް" ފުރިހަމަ ކުރައްވައި ދެވިފައިވާ އީމެއިލަށް ފޮނުއްވުމަށް ދެންނެވީމެވެ. މެއިލް ކުރެއްވުމަށްފަހު މެއިލް ލިބިފައިވާކަން ޔަޤީން ކުރެއްވުމަށް މިއިދާރާގެ ފޯނަށް ގުޅުއްވައި ޔަޤީން ކުރެއްވުމަށްވެސް ދަންނަވަމެވެ. ބީލަން ހުށަހެޅުއްވޭނީ މިމުއްދަތުގައި ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށެވެ. " ބިޑް ރަޖިސްޓަރީ ފޯމް" މި އިއުލާނާއި އެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިއިދާރާއިން ލިބެން ހުންނާއެވެ.

4.   މި ބީލަމާ ގުޅޭގޮތުން ބާއްވާ ޕްރީބިޑް ބައްދަލުވުން 19 ސެޕްޓެމްބަރ 2024 ވަނަ ދުވަހުގެ 1.00 ގައި ދ. މީދޫ ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ.

5.   ބީލަން ހުށަހެޅުއްވުމާއި ބީލަން ހުޅުވުން އޮންނާނީ 2024 ސެޕްޓެމްބަރ 22 ވަނަ ދުވަހުގެ 1.00 ގައި ދ. މީދޫ ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމްގައެވެ.

6.   މި ޕްރޮޖެކްޓްގެ ބީލަންފޮތް މި އިޢުލާނާއެކު އާއްމުކުރެވިފައި ވާނެއެވެ.

7.   ބީލަން ހުށަހަޅުއްވަނީ ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްނޫން އެހެން ފަރާތެއް މެދުވެރިކޮށް ކަމުގައި ވަނީނަމަ އެފަރާތަކީ ބީލަމުގައި ރަޖިސްޓަރ ކުރައްވާފައިވާ ފަރާތް ތަމްސީލް ކުރައްވާ ފަރާތެއްކަން އެނގޭނެ ބީލަން ހުށަހަޅާ ފަރާތުގެ ރަސްމީ ލިޔުން  ހުށަހަޅުއްވަން ވާނެއެވެ. އަދި މިފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

8.   ބީލަމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަށް ހުށަހެޅުއްވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ.

9 .   މި ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

              ޕްރޮކިއުމަންޓް ސެކްޝަން.   

              ދ. މީދޫ ކައުންސިލް އިދާރާ

              ދ. މީދޫ/ ދިވެހިރާއްޖެ

              ފޯން 6760005/6760042

              އީމެއިލް [email protected]

              ކޮޕީ އީމެއިލް: [email protected]

 

09 ސެޕްޓެންބަރު 2024