ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)289/289/2024/57
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 15 އޮކްޓޫބަރު 2024 14:00
މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ރަޖިސްޓްރީ އެ އުޅަނދެއް ދުއްވާ ޒޯނަކަށް ބަދަލުކުރުމާއިބެހޭ :

އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވަންވާނީ އެއުޅަނދެއް ދުއްވާ ޒޯނަކަށް ރަޖިސްޓްރީ ބަދަލުކޮށްގެން ކަމަށްވާތީ މިރަށުގައި ދުއްވާ އެއްގަމާއި ކަނޑުއުޅަނދު ފަހަރު ދުއްވަންވާނީ އެއުޅަނދެއްގެ ރަޖިސްޓްރީ މިޒޯނަށް ބަދަލުކޮށްގެން ކަމަށް މިއިދާރާއިން ކުރި ނަންބަރު : (IUL)289/289/2024/44( 03 ޖުލައި 2024 ) ގެ އިޢުލާނާއި ގުޅިގެން އެކިއެކި ސަބަބުތަކާއިހުރެ ގިނައަދަދެއްގެ އުޅަނދުތަކުގެ ރަޖިސްޓްރީވަނީ މިޒޯނަށް ބަދަލުނުކުރެވިކަން މިއިދާރާއަށްވަނީ ފާހަގަކުރެވިފައެވެ. ވީމާ، މިހާރު ރަޖިސްޓްރީ ބަދަލުނުކޮށްހުރި އުޅަނދުތަކުގެ ރަޖިސްޓްރީތައް 15 އޮކްޓޯބަރ 2024 ގެ ކުރިން މިޒޯނަށް ބަދަލުކޮށް ނިންމެވުމަށް ދެންނެވީމެވެ.

                  އަދި މިމުއްދަތުގެ ފަހުން ޒޯން ބަދަލުނުކޮށް މިރަށުގައި ދުއްވާ އެއްގަމާއި ކަނޑު އުޅަނދުތަކާއިމެދު ޤަވާއިދުން ފިޔަވަޅު އަޅަމުންދާނެ ވާހަކަވެސް ދެންނެވީމެވެ. މިކަމާ ގުޅިގެން އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށާއި އެހީތެރިކަން ބޭނުންވާ ފަރަތްތަކުން މިއިދާރާއަށް ގުޅުއްވުމުން އެހީތެރިކަން ފޯރުކޮށްދެވޭނެކަމުގައި ދެންނެވީމެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ސެޕްޓެންބަރު 2024