ބީލަން
ނަންބަރު: (IUL)468-APS/468/2024/251
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި:
22 ސެޕްޓެންބަރު 2024 09:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފުވައްމުލަކު ބަނދަރު ސަރަޙައްދުން ޓޫރިޒަމް ބޭނުމަށް ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ
- ފުވައްމުލަކު ބަނދަރު ސަރަޙައްދުން ޓޫރިޒަމް ބޭނުމަށް ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރ(IUL)468-APS/468/2024/246 އިޢުލާން ބާތިލް ކޮށް އަލުން އިޢުލާން ކުރަމެވެ.
- މި އިޢުލާންގެ ދަށުން ދޫކުރެވޭ ބިންތަކަކީ ބަނދަރު ސަރަޙައްދުން ޑައިވިންގ ސްކޫލްގެ ބޭނުމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކެވެ. ވީމާ ފުވައްމުލަކު ބަނދަރު ސަރަޙައްދުން ދޫކުރެވޭ 1200 އަކަފޫޓްގެ 09 ބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- ބިން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ ބިޑު ޑޮކިއުމެންޓް ވިއްކައިގެންނެވެ. އެގޮތުން ބިޑް ޑޮކިއުމެންޓެއްގެ އަގަކީ $100.00 (އެއްސަތޭކަ އެމެރިކާ ޑޮލަރ) އެވެ.
- ބިޑް ހުށަހެޅޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބިޑް ޑޮކިއުމެންޓް ގަނެފައިވާ ފަރާތްތަކަށެވެ.
- ބިޑް ޑޮކިއުމެންޓް ގަތުމަށް ބޭނުންވާ ފަރާތްތަކުން މިއަދުން ފެށިގެން 15 ސެޕްޓެމްބަރ 2024 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން މި އިދާރާގެ ޕްރޮކިއުމަންޓް ޔުނިޓްގެ މެއިލްއަށް ([email protected]) ބިޑް ގަންނަން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ފަރުދެއްނަމަ ނަމާއި އެޑްރެސް/ ކުންފުންޏެއް ނަމަ ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ކުރި ފަރާތްތަކަށް ބިޑް ވިއްކުން އޮންނާނީ 16 އަދި 17 ސެޕްޓެމްބަރ 2024 ގެ ރަސްމީ ގަޑީގައެވެ.
- ބީލަމާއި ގުޅޭ މައުލޫމާތު ބައްދަލުވުން 18 ސެޕްޓެމްބަރ 2024 ވާ ބުދަ ދުވަހު 11:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ އަތޮޅުގެ މީޓިންގ ރޫމް ގައި އޮންނާނެއެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 22 ސެޕްޓެމްބަރ 2024 ވާ އާދީއްތަ ދުވަހުގެ 09:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ އަތޮޅުގެ މީޓިންގ ރޫމް ގައެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލް،
ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.
ފޯން: 6862812
އީމެއިލް: [email protected]
09 ސެޕްޓެންބަރު 2024