ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)230-AHI/230/2024/59
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 12:14
ސުންގަޑި: 30 ސެޕްޓެންބަރު 2024 11:00
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
" ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާ 2024 " ސްޕޮންސަރ ކުރުމަށް ފުރުސަތު ހުޅުވާލުން

އިޢުލާން

" ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާ 2024 " ސްޕޮންސަރ ކުރުމަށް ފުރުސަތު ހުޅުވާލުން

            ބ. އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބ. އަތޮޅުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމުގައިވާ " ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާ 2024 " ސްޕޮންސަރ ކުރުމަށް ފުރުސަތު ހުޅުވާލަމެވެ. ދެ ޖިންސުގެ ކުޅުންތެރިންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 1 ނޮވެންބަރު 2024 ގައެވެ.

ވީމާ، މިމުބާރާތުގެ ސްޕޮންސަރޝިޕް ނަންގަވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން އެފަރާތްތަކުގެ މައުލޫމާތާއިއެކު (ސްޕޮންސަރުގެ ނަން، އީމެއިލް އަދި ފޯން ނަންބަރު) ރަޖިސްޓްރީ ކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މުބާރާތާ ގުޅޭ މައުލޫމާތު ކަރުދާސް ފޯރުކޮށްދެވޭނެއެވެ. މިކަމަށް އެދި ރަޖިސްޓްރީ ކުރުމުގެ ސުންގަޑި އަކީ 25 ސެޕްޓެންބަރު 2024 ވާ ބުދަ ދުވަހުގެ 14:00 އެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 30 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހުގެ 11:00 ކަމުގައި އެންމެހާ ފަރާތްތަކަށް ޢާންމުކޮށް އަންގާ އިއުލާން ކުރަމެވެ.

                        06 ރަބީޢުލްއައްވަލް  1446 

09 ސެޕްޓެންބަރު 2024