ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)13-K1/13/2015/182
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 14:41
ސުންގަޑި: 12 ޖުލައި 2015 13:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
05 ލޯންޗް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން

ޕްރޮޖެކްޓް ނަންބަރު: TES/2015/G-09

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1- މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަލް ސެކިއުރިޓީގެ ބޭނުމަށް، އެމް.އެން.ޑީ.އެފް ކޯސްޓްގާރޑްގައި ބޭނުން ކުރުމަށް 05 ލޯންޗް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2- ބީލަމުގައި ބައިވެރިވުމަށް -/1،500 (ފަނަރަ ސަތޭކަ) ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 16 ޖޫން 2015 އިން 12 ޖުލައި 2015 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:00 ( ރަމަޟާން މަހު 10:30އިން 13:30) އަށް މި މިނިސްޓްރީންނެވެ. ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

3- މިޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2015 ޖުލައި 13 ވާ ހޯމަ ދުވަހުގެ 11:00 ގައި، މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. މި މަސައްކަތާބެހޭ އެއްވެސް ސުވާލެއްވާނަމަ 2015 ޖުލައި 12ވާ އާދީއްތަ ދުވަހުގެ 1400ގެ ކުރިން ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް ފޮނުއްވައިދެއްވުން އެދެމެވެ.

4- ޕްރޮޖެކްޓުގެ ބިޑްސެކިއުރިޓީގެ ގޮތުގައި -/500،000 (ފަސްލައްކަ ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 118 ދުވަހެވެ. ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

5- ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާކަން ނުވަތަ ނޫންކަން އަންގައިދޭ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކުރާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓް) ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭނެއެވެ. އަދި މި ލިޔުން ވާންވާނީ ޕްރޮޕޯޒަލް ހުޅުވާ ތާރީޚުގެ ކުރިޔަށް 5 (ފަހެއް) ދުވަހަށްވުރެ އިތުރު ނޫން ތާރީޚެއްގެ ލިޔުމަކަށެވެ.

6- ބީލަން ހުޅުވުން އޮންނާނީ 2015 އޮގަސްޓު 05 ވާ ބުދަ ދުވަހުގެ 11:00 ގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

7- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

     ޓެންޑަރ އިވެލުއޭޝަން ސެކްޝަން،

     މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

     އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

     ފޯން: 3349125    3349106

     ފެކްސް: 3320706   3324432                                                                               

     އީމެއިލް: [email protected]  ، [email protected]

11 ޖޫން 2015