ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)21-HMC/1/2015/4
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 14:40
ސުންގަޑި: 17 ޖޫން 2015 15:00
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓް އޮފިސަރ (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމުގެ ނަން:

ކޯޓް އޮފިސަރ (ވަގުތީ)

މަޤާމުގެ މުއްދަތު:

6 މަސްދުވަސް (ކޮންޓްރެކްޓް އުސޫލުން)

ސެކްޝަން/ޑިޕާޓްމަންޓް:

ޝަރީޢަތްކުރުމާބެހޭ ސެކްޝަން

ބޭނުންވާ އަދަދު:

1 (އެކެއް)

ޝަރުޠު:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ޘާނަވީ އިމްތިޙާނަކުން މަދުވެގެން 2 މާއްދާއިން ދައްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 ޝަރީޢަތް ކުރިއަށްދާ ވަގުތު ކޯޓުރޫމުގައި ކުރަންޖެހޭ މަސައްކަތް ކުރުން.

 

އުޖޫރަ:

މުސާރަ: -/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސަރވިސް އެލަވަންސް: -/1500 ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ)

ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40

ލިވިންގ އެލެވަންސް: -/2550 ރުފިޔާ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)

މުއްދަތު ހަމަވާ ތާރީޚު:

2015 ޖޫން 17 ވަނަ ދުވަހުގެ މެންދުރުފަހު 15:00 ކުރިން.

 

 

 

ހުށަހަޅަންޖެހޭ ތަކެތި:

1. ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، ރަސްމީ ގަޑީގައި، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިގަދޭ ކާޑުގެ ކޮޕީ.

3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ.

5. މޯލްޑިސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހެޅުން.

6. ކުރިން ވަޒީފާއެއްގައި އުޅެފައިވާކަމުގެ ލިޔުން ހުށަހަޅާނަމަ، މަޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރި މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮތުން.

އިތުރު މަޢުލޫމާތު:

އިތުރު މައުލޫމާތު ހޯދުމަށް 3351535 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

21 ޝަޢުބާން 1436

08 ޖޫން 2015