ވަޒީފާގެ ފުރުޞަތު
|
މަޤާމް:
|
އިންޖީނު އޮޕަރޭޓަރ
|
ވަޒީފާގެ ދާއިރާ:
|
އދ.ހަންޏާމީދޫ އިންޖީނުގެ
|
ބޭނުންވާ ޢަދަދު:
|
02
|
މުސާރަ:
|
-/8,000ރ އާއި -/11,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ލެވެލް 03 ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތުގެ ދާއިރާއިން މަދުވެގެން 03 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- ގްރޭޑް 10 ނިންމާފައިވުން.
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ޝިފްޓް ޑިއުޓީ ކުރުމާއި، އިންޖީނުތަކާއި ފެން ޕްލާންޓް ހިންގައި، އިންޖީނުތަކާއި ފެން ޕްލާންޓްގެ އެހެނިހެން އިކްއިޕްމަންޓްސް ކަނޑައެޅިފައިވާ އުސޫލުން ބެހެލެއްޓުން
- ޑިއުޓީ ލޮގުނަގައި، ޝީޓްތައް ފުރިހަމަކޮށް، ލޯޑްގްރާފް ކުރަހާ ޗެކުކޮށް ބެލެހެއްޓުން
- ފެން ޕްލާޓް ތަކުގެ ލޮގްނަގައި މެއިންޓެނަންސް މަސައްކަތް ކުރުން
- 'ސްވަރޭޖް ޓްރީޓްމަންޓް ޕްލާންޓް' (އެސް.ޓީ.ޕީ) ގެ ސްޓޮކް ބެލެހެއްޓުން، ބޭސް ސްކްރީން ފިލްޓަރ ސާފުކޮށް މެއިންޓެނަންސް މަސައްކަތް ކުރުން
- އިންޖީނުގެއާއި ފެންޕްލާންޓް ގޯތިތެރޭގައިވާ ހުރިހާ ތަނަކާއި އެތަންތާގައިވާ އެންމެހައި ތަކެތި ސާފުކޮށް މަރާމާތުކޮށް ބެލެހެއްޓުން
- އިންޖީނުގޭގަ ކުރަންޖެހޭ އެންމެހައި މެކޭނިކަލް އަދި އިލެކްޓްރިކަލް ހުރިހާ މަސައްކަތެއްގައި ބައިވެރިވުން
- ޤަވާއިދުން ޕަމްޕް ސްޓޭޝަންތަކުން ރީޑިންގ ނެގުމާއި މޮނީޓަރ ކުރުން
- ޤަވާއިދުން ސްވަރޭޖް ޑާޓާ ކަލެކްޝަން ރިޕޯރޓް ތައްޔާރުކުރުން
- ރަށުގައި ޤާއިމް ކުރެވިފައިވާ ނަރުދަމާ ނިޒާމާއި ގުޅުންހުރި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްކުރުން
- ކަރަންޓާއި ފެނާއި ނަރުދަމާގެ ކޮންޒިއުމަރ ބެލެހެއްޓުމާއި ނިއު ކަނެކްޝަން ސާރވޭކޮށް ގުޅައިދިނުން
- ކޮންމެ ދުވަހެއްގެ ފަހު ޝިފްޓް ޑިއުޓީގައި ހުރިހާ ތެޔޮ ތާނގިތަކެއްގެ ސައުންޑިންގ ޗެކްކޮށް، ފެން ތާނގިތަކުގެ ގޭޖް ސައުންޑިންގ ޗެކްކޮށް، ޑީސަލާއި އަޑީތެލުގެ ބާކީގެ ހުރިހާ ހިސާބެއް ނިންމުން
- ފައިސާ ނުދައްކަވާ ފަރާތްތަކަށް ފޮނުވަންޖެހޭ ޑިސްކަނެކްޝަން ނޯޓް ހަވާލުކުރުން
- ކަރަންޓާއި ފެނުގެ ރީޑިންގ ނެގުމާއި ބިލް ހަވާލްކުރުން
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
10 ސެޕްޓެންބަރު 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން
|
ސުންގަޑި:
|
މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ އދ.ހަންޏާމީދޫ އިންޖީނުގެ އަށް 10 ސެޕްޓެންބަރު 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.
|
އިންޓަވިއު:
|
އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ.
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- މިވަޒީފާއަކީ 06 މަސް ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 06 މަސް ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ
- ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި މަޤާމަށް ކުރިމަތި ނުލެވޭނެއެވެ.
|
05 ރަބީޢުލްއައްވަލް 1446
08 ސެޕްޓެންބަރު 2024
|