ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HR/PSM/2024/304
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 16:01
ސުންގަޑި: 15 ސެޕްޓެންބަރު 2024 12:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ އަދި ޤާއިމްކުރެވޭ ޕީއެސްއެމްގެ މީޑީއާ ސެންޓަރުފަދަ ތަންތަން ކުނިކަހާ، ފޮޅާ ސާފުކުރުމުގެ މަސައްކަތްކުރާނެ ފަރާތްތައް ހޯދުން

 

20

ބޭނުންވާ އަދަދު:

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް. މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވިދާނެއެވެ.

މަސައްކަތުގެ ބާވަތް:

 

 
  • ހއ. ދިއްދޫ
  • ހއ. ހޯރަފުށި
  • ށ. ޅައިމަގު
  • ށ. ފުނަދޫ
  • ނ. މަނަދޫ
  • ރ. އުނގޫފާރު
  • ޅ. ހިންނަވަރު
  • ކ. މާލެ (ވިލިނގިލި)
  • އދ. ދަނގެތި
  • އދ. މަހިބަދޫ
  • ވ. ފެލިދޫ
  • ފ. ނިލަންދޫ
  • ބ. އޭދަފުށި
  • ކ. މާފުށި
  • ގދ. ފިޔޮރި
  • މ. މުލަކު
  • ގއ. ނިލަންދޫ
  • ގދ. ގައްދޫ
  • ގދ. ތިނަދޫ
  • ޏ. ފުވައްމުލައް

މަސައްކަތް ކުރަންޖެހޭ ރަށް:

ޕީއެސްއެމްގެ މީޑިއާ ސެންޓަރުތަކާއި ޕްރޮޖެކްޓް ސައިޓްތައް

މަސައްކަތްކުރަންޖެހޭ ތަން:

މަހަކު 3,000/- ރުފިޔާ

މަސައްކަތުގެ އުޖޫރަ:

- މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލްކަން ހުރި މީހެއް ކަމަށް އިންޓަރވިޔު ޕެނަލަށް ސާބިތު ކޮށްދިނުން؛

- ސިއްޙީ ގޮތުން ދުޅަހެޔޮ ފަރާތެއް ކަމުގައިވުން؛

- އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ އުމުރުފުރައިގެ މީހެއް ކަމުގައިވުން؛

- ދިވެހި ރައްޔިތެއްކަމުގައިވުން.

- މަސައްކަތަށް ބޭނުންވާ ތަމްރީނެއް ނުވަތަ ސަނަދެއް ހާޞިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

-  ކޮންމެ މަހަކު 1 ފަހަރު މީޑިއާ ސެންޓަރު ނުވަތަ ޕްރޮޖެކްޓް ސައިޓް ޢިމާރާތާއި، އެ ޢިމާރާތުގެ އެތެރޭގައިވާ ތަންތަނާއި ތަކެތި ފޮޅާ ސާފުކުރުން؛

- ހަފްތާއަކު 2 ފަހަރު މުޅި ގޯތިތެރެއާއި، މީޑިއާ ސެންޓަރު ނުވަތަ ޕްރޮޖެކްޓް ސައިޓްގެ އިންވެގެން އޮންނަ މަގުތައް ކުނިކަހާ ބެލެހެއްޓުން؛

-  ކޮންމެ މަހަކު 1 ފަހަރު މީޑިއާ ސެންޓަރުގެ ނުވަތަ ޕްރޮޖެކްޓް ސައިޓްތަކުގެ ޢިމާރާތުގެ ގޯތިތެރޭއާއި، ބިމާއި ގުޅިފައިވާ މަގުތަކުގެ ވިނަ ނޮޅައި ސާފުކޮށް ކުނި އުކާލުން؛

-  މީޑިއާ ސެންޓަރު ނުވަތަ ޕްރޮޖެކްޓް ސައިޓްތަކުގެ ޢިމާރާތާއި ގޯތިތެރެ ނުވަތަ ސެންޓަރު ނުވަތަ ޕްރޮޖެކްޓް ސައިޓްތަކުގަ އުފެދޭ ކުނި ނައްތާލުން؛

-  މަސައްކަތް ހަވާލު ކުރިފަރާތުން އަންގައިފިނަމަ، ގޯތިތެރޭގައި ހުންނަ ބޮޑެތި ގަސްތަކާއި، ރުއްތައް ކޮށާ ބެލެހެއްޓުމާއި ކުނި އުކާލުން؛

- މަސައްކަތް ނިންމުމަށްފަހު ތަނުގެ ފޮޓޯ ނަގާ އެ ދުވަހު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

މަސައްކަތުގެ މަސްއޫލިއްޔަތު:

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީ؛
  • ތަޢުލީމީ ސެޓުފިކެޓެއް ލިބިފައިވާނަމަ އެ ސެޓްފިކެޓްގެ ކޮޕީ (އެޓެސްޓް ކުރެވިފައި)؛
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާނަމަ، އެކަން ދެނެގަތުމަށް އެ މަސައްކަތް ކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުން؛
  • ޕޮލިސް ރިޕޯޓް (03 މަސް ދުވަސް ހަމަނުވާ)
  • ޕާސްޕޯޓް ފޮޓޯއެއް (6 މަސްދުވަސް ހަމަނުވާ)

ހުށަހަޅަންޖެހޭ ލިޔުންތައް:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 15 ސެޕްޓެންބަރު 2024 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careers އަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

ސުންގަޑި:

މަޢުލޫމާތު ހޯއްދެވުމަށް 3000376، 30003207 އަށް ގުޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

     

 

 

 

08 ސެޕްޓެންބަރު 2024