ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)448/1/2015/62
ޕަބްލިޝްކުރި ތާރީޚް: 07 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 14:39
ސުންގަޑި: 16 ޖޫން 2015 14:00
ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
4 ކޮމްޕިއުޓަރ ސިސްޓަމާއި 2 ލޭޒަރ ޕްރިންޓަރ ގަންނަން

ރީޖަނަލް އެއަރޕޯޓްސްތަކުގެ ބޭނުމަށް 4 ކޮމްޕިއުޓަރ ސިސްޓަމާއި 2 ލޭޒަރ ޕްރިންޓަރ ގަންނަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 ޖޫން 2015 (އަންގާރަ) ދުވަހުގެ 14:00 އަށް ރީޖަނަލް އެއަރޕޯޓްސް (11 ވަނަ ފަންގިފިލާ/ ވެލާނާގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 23 ޖޫން 2015 (އަންގާރަ) ދުވަހުގެ 13:30 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެކަމުގައި ދެންނެވީމެވެ.  

20 ޝަޢުބާން 1436

07 ޖޫން 2015