ކުއްޔަށް ދިނުން
ނަންބަރު: (IUL)456-ESMSC/456/2024/60
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 22 ސެޕްޓެންބަރު 2024 13:00
ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
މެޑިކަލް ކުލިނިކާއެކު ފާމަސީ ހިންގުމަށް އިމާރާތަކާއެކު ބިމެއް ކުއްޔަށް ދޫކުރުމާއި ގުޅޭ

                            މެޑިކަލް ކުލިނިކަކާއެކު ފާމަސީ ހިންގުމަށް މިރަށު ބޮޑުތަކުރުފާނުމަގުގެ އިރުމަތީ ފަރާތު، ނަރުދަމާ ނިޒާމުގެ އޮފީސްހުރި ބިމާއި އިންވެގެން ދެކުނަށްހުރި އިމާރާތާއި ބިން 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މި ކައުންސިލުންވަނީ ނިންމާފައެވެ.

                        ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހުން ފެށިގެން 15 ސެޕްޓެމްބަރ 2024 ވާ އާދީއްތަ ދުވަހުގެ 13:00 ދެމެދުގައި ބީލަމުގައި ރަޖިސްޓަރީ ވުމަށްއެދޭ ފޯމް ފުރުއްވައި، ބީލަމުގައި ބައިވެރިވުމުގެ ފީ ދެއްކި ސްލިޕާއެކު، މި އިދާރާގެ ކައުންޓަރަށް ނުވަތަ ކައުންސިލްގެ މެއިލް އެޑްރެސް: [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓަރީ ވުމަށްއެދޭ ފޯމް މި އިދާރާގެ ކައުންޓަރުންނާއި މި އިޢުލާން ލިންކުން ލިބިވަޑައިގަންނާވާނެއެވެ. މި ބީލަމުގައި ބައިވެރިވުމަށް  -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 16 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ.  މައުލޫމާތު ދިނުމުގެ މި ސެޝަންގައި ބައިވެރިވުން ކޮންމެހެން ލާޒިމެއްނޫނެވެ.   އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 22 ސެޕްޓެމްބަރ 2024 ވާ އާދީއްތަ ދުވަހު 13:00ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ.

                        މި އިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 16 ސެޕްޓެމްބަރ 2024 ވާ ބްރާސްފަތި ދުވަހުގެ 13:00 ގެ ކުރިން [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

                           ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.         

08 ސެޕްޓެންބަރު 2024