ކުއްޔަށް ދިނުން
ނަންބަރު: (IUL)231-PB/231/2024/49
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 19 ސެޕްޓެންބަރު 2024 13:00
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާދިއްޕޮޅު އަތޮޅު ރަށްވެހިގެ 1 ކުއްޔަށް ދޫކުރުން (ދެވަނަ ފަހަރަށް ކުރެވޭ އިޢުލާން)

މިއިދާރާއިން ކަނޑައަޅާ އުޞޫލުތަކަކާއި އެއްގޮތަށް ފާދިއްޕޮޅު އަތޮޅުރަށްވެހިގެ 1 ޢިމާރާތް 15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެގެން މިއިދާރާއިން ކުރި ނަންބަރު:  IUL)231-PB/231/2024/42 (22 އޮގަސްޓް 2024)  އިޢުލާނާ ގުޅިގެން އެއްވަސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ،  މިއިދާރާއިން ކަނޑައަޅާ އުޞޫލުތަކަކާއި އެއްގޮތަށް ފާދިއްޕޮޅު އަތޮޅުރަށްވެހިގެ 1 ޢިމާރާތް 15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން އަލުން ހުޅުވާލަމެވެ.

 ރަށްވެހިގެ އިމާރާތުގައި ހުރި ވަޞީލަތްތައް:

03  ކޮޓަރި / ފަރުނީޗަރ ނުލައި (އެޓޭޗް ފާޚާނާއާއެކު)

01  ހޯލްވޭ ފަރުނީޗަރ ނުލައި (2 ޕަބްލިކް ފާޚާނާއާއެކު)

ފެންމޯޓަރ ހަރުކުރެވިފައި

ސިންގަލް ފޭސް އިލެކްޓްރިކް ކަނެކްޝަން އަދި ފެން ގުޅާފައި

ވީމާ، މި އިމާރާތް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑު ޑޮކިއުމަންޓްސް ފުރިހަމަ ކުރައްވައި ކަނޑައެޅިފައިވާ ގަޑިއަށް ބިޑު ޑޮކިއުމެންޓް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ޕްރީބިޑް މީޓިންގ

ޕްރީބިޑު މީޓިންގ އޮންނާނީ  18 ސެޕްޓެމްބަރ 2024 (ބުދަ) ދުވަހުގެ 13:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ޕްރީބިޑް މީޓިންގއަށް ޙާޟިރުނުވާ ފަރާތްތަކަށްވެސް ބިޑު ހުށަހެޅޭނެއެވެ.

 

ބިޑް އޯޕަން މީޓިންގ

19 ސެޕްޓެމްބަރ 2024 (ބުރާސްފަތި) ދުވަހުގެ 13:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

08 ސެޕްޓެންބަރު 2024