ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-ED/248/2024/100
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:10
ސުންގަޑި: 13 އޮކްޓޫބަރު 2024 13:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަތުރުވެރިކަމާއި ގުޅުންހުރި ޚިދުމަތްތަކަށް ބިން ކުއްޔަށް ދޫކުރުން

މިރަށު ދިލްޝާދު ހިނގުމުގެ ދެކުނުން ތިލޭރު ހިނގުމުގެ އިރަށް އޮތް މިކައުންސިލްގެ ހުސްބިމުން   3500( ތިންހާސް ފަސްސަތޭކަ) އަކަފޫޓުގެ 2 ބިން ފަތުރުވެރިކަމާއި ގުޅުންހުރި ޚިދުމަތްތައް ހިންގުމަށް މީލާދީ 25 (ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ވަނީ ނިންމާފައެވެ.  

ވީމާ، ފަތުރުވެރިކަމާއި ގުޅުންހުރި ޚިދުމަތްތަކަށް ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 އޮކްޓޯބަރު 2024 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށައަޅާނީ މިއިޢުލާނާއެކު ދެވިފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.

 

ތަން

ދުވަސް

ތާރީޙް

ގަޑި

ޕްރޮޕޯސަލް ހުށަހެޅުން

އިހަވަންދޫ ކައުންސިލްގެ އިދާރާ

އާދިއްތަ

13 އޮކްޓޯބަރު 2024

13:00

މިކަމަށް އެދި ޕްރޮޕޯސަލް ހުށައެޅޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއެއް ގެންނަންވާނެއެވެ. ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ، ސިޓީއުރައަށް ލައި ބަންދުކޮށް ނުވަތަ ބައިންޑުކޮށް ނުވަތަ އެއްހީރާސްކޮށް، "ފަތުރުވެރިކަމާއި ގުޅުންހުރި ޚިދުމަތްތަކަށް ބިން ކުއްޔަށް ހިފުމަށް އެދި " ހުށަހަޅާ ޕްރޮޕޯސަލްކަން އެނގޭ ގޮތަށް ސިޓީއުރައިގެ ބޭރުގައި ލިޔުއްވާފައެވެ.

 މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

08 ސެޕްޓެންބަރު 2024