ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)166/166/2015/67
ޕަބްލިޝްކުރި ތާރީޚް: 04 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 17:45
ސުންގަޑި: 17 ޖޫން 2015 14:30
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)              

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2  

މުސާރަ: މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިން ސެކްޝަން / ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. މިނިސްޓަރުގެ ނައިބުގެ އަރިހަށް އަންނަ ސިޓީފަދަ ތަކެތި އައުމުން، އެތަކެތި ބަލައިގަނެފައި ނައިބުގެ އަރިހަށް ގެންދިއުމާއި، އަންގަވާގޮތެއްގެމަތިން ކަމާބެހޭ ފަރާތްތަކާ އެތަކެތި ހަވާލުކުރުން.
  2. މިނިސްޓަރުގެ ނައިބުގެ އަރިހަށް އެޕޮއިންޓްމަންޓްތަކުގައި އަންނަ ފަރާތްތަކަށް، ނައިބު ހަމަޖައްސަވާގޮތެއްގެމަތީން އެޕޮއިންޓްމަންޓް ހަމަޖެއްސުން.
  3. މިނިސްޓަރުގެ ނައިބުގެ އަރިހަށް އަންނަ ތަކެއްޗާއި، މިނިސްޓަރުގެ ނައިބު ސީދާ ބަލަހައްޓަވާ މަސައްކަތްތައް ނިންމެވުމުން ފައިލްކޮށް ބެލެހެއްޓުން.
  4. މިނިސްޓަރުގެ ނައިބުގެ ކޮޓަރިކޮޅު ހުޅުވައި ލެއްޕުމާއި، ފޮޅައި ސާފުކޮށްފައިވޭތޯ ބެލުން.
  5. ސެކްޝަނުގެ މުވައްޒަފަކު ބަލިވެ ސަލާމްބުނުމުން ނުވަތަ ޗުއްޓީނެގުމުން ނުވަތަ މިނޫންވެސް ކަމަކާގުޅިގެން ހަވާލުކުރެވޭ މަސައްކަތްތަކާއި، ޑިޕާޓްމަންޓުގައި ކުރަންދިމާވާ ބޮޑެތި މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  6. މީގެ އިތުރުންވެސް، އޮފީހުގެ މަސައްކަތާ ގުޅޭކަމެއް ވެރިއަކު ހަވާލުކުރައްވައިފިނަމަ އެކަމެއް ކުރުން.

މަޤާމުގެ ޝަރުޠު                                      

1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ރ. މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 2015 ޖޫން 21 އާއި 25 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ. ކޯހެއްގެ ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެ ކޯހެއް އެކްރެޑިޓްކުރެވޭ ލެވަލް ބަޔާންކޮށްދޭ ލިޔުން.

ބ. މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމަށް ހަމަޖެހިފައިވާތީ، އެކަން ދެނެގަތުމަށްޓަކައި، މަސައްކަތް ކޮށްފައިވާ ނުވަތަ ކުރަމުންގެންދާ އިދާރާތަކުން ހޯދާފައިވާ ލިޔުން (މިފަދަ ލިޔުންތަކުގައި، ކުރި މަސައްކަތާއި، މަސައްކަތްކުރި މުއްދަތާއި، ވަޒީފާ އަދާކުރަން ފެށި ތާރީޚާއި، ވަޒީފާއިން ވަކިވިނަމަ، ވަކިވިދުވަސް/މަސް/އަހަރު ވެސް އެނގެން އޮންނަންވާނެއެވެ.)

ޅ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުގެ (ހ. ވެލާނާގޭގެ 2 ވަނަ ފަންގިފިލާ) ކައުންޓަރަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޖޫން 17 ވަނަ ދުވަހުގެ 14:30 އެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ޑިޕާޓްމަންޓުގެ 3341303 ނަންބަރު ފޯނަށް ނުވަތަ 3341307 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

17 ޝަޢުބާން 1436

04 ޖޫން 2015