ދިވެހިރާއްޖެ
މި އޮތޯރިޓީގެ ނަންބަރު: IL/2024/8480 (08 އޯގަސްޓް 2024) އިޢުލާނާއިގުޅިގެން އެކަށީގެންވާ ޢަދަދެއްގެ ޝަރުތުހަމަވާ އެޕްލިކޭޝަން ލިބިފައި ނެތުމުގެ ސަބަބުން، އެ އިޢުލާން ބާތިލްކޮށް އަދި ޓަރމްސް އޮފް ރިފަރަންސްއަށް ބަދަލުގެނެސް އެމަޤާމްތަކަށް ކުރިމަތިލުމަށް އަލުން ހުޅުވާލަމެވެ.
މަޤާމް |
މެނޭޖިންގ ޑިރެކްޓަރ |
ބޭނުންވާ ޢަދަދު |
05 (ފަހެއް) |
އޭރިޔާ |
1- މަނިޓަރީ ޕޮލިސީ، ރިސަރޗް އެންޑް ސްޓެޓިސްޓިކްސް 2- ފައިނޭންޝަލް ސްޓެބިލިޓީ 3- ބޭންކިންގ އޮޕަރޭޝަންސް 4- ކޯޕޮރޭޓް ސަރވިސަސް 5- ފައިނޭންޝަލް ސެކްޓަރ ޑިވަލަޕްމަންޓް |
ތަޢުލީމީ ފެންވަރާއި ތަޖުރިބާ |
މި މަޤާމަށް ބޭނުންވާ ތައުލީމީ ފެންވަރު، ތަޖްރިބާ އަދި ހުނަރު ޓަރމްސް އޮފް ރިފަރަންސް ގައި ބަޔާންކޮށްފައިވާނެއެވެ. |
ކުރަންޖެހޭ މަސައްކަތްތައް |
މި މަޤާމުގެ މަސްއޫލިއްޔަތުތައް މި އިއުލާނާއެކު ހިމަނާފައިވާ ޓަރމްސް އޮފް ރިފަރަންސް ގައި ބަޔާންކޮށްފައިވާނެއެވެ. |
މުސާރަޔާއި އިނާޔަތްތައް |
50,000.00 – 55,000.00 ރުފިޔާ |
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި:
- ހުށަހަޅަންޖެހޭ ލިޔުންތައް: - ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
- ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އެޓެސްޓް ކުރުމަށްފަހު)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
- ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް
- · ސުންގަޑި: 17 ސެޕްޓެމްބަރ 2024 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އަށް
ނޯޓް:
- ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންކުރައްވާނީ careers.mma.gov.mv މި ލިންކްގައިވާ ޕޯޓަލްއެވެ. އަދި މި ވަޒީފާތަކާ ބެހޭ އިތުރު މަޢުލޫމާތާއި ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓޭޓަސް މި ޕޯޓަލްއިން ފެނިވަޑައިގަންނަވާނެއެވެ.
- މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހާޖެހިގެން އަންނަ ދުވަހުން ފެށިގެން 07 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.
- މިވަޒީފާތަކަށް މީހުން ހޮވުމުގައި ބަލާނީ ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖްރިބާއަށާ އިންޓަވިއު އެސެސްމަންޓް ނަތީޖާއަށެވެ.