ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)14-E1/1/2024/92
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:18
ސުންގަޑި: 09 ސެޕްޓެންބަރު 2024 20:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މި އޮފީހުގެ ނަންބަރު: (IUL)14-E1/1/2024/82 (08 އޮގަސްޓް 2024) އިޢުލާނާއި ގުޅޭ

  މި އޮފީހުގެ ނަންބަރު: (IUL)14-E1/1/2024/82 (08 އޮގަސްޓް 2024) އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.

  ހަވާލާދީފައިވާ އިޢުލާނުގައި ދެންނެވިފައިވާ ސަޕޯޓް ސަރވިސް އޮފިސަރުންގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތަކަށް ބާއްވާ ފިޒިކަލް ފިޓްނެސް ޓެސްޓްގެ ބައިތައް ހިމެނޭ "ކަސްޓަމްސްގެ ވަޒީފާއަށް ވަނުމަށް ދެވޭ ބޭސިކް ފިޒިކަލް ފިޓްނެސް ޓެސްޓްދިނުމުގައި އަމަލުކުރާނެ ގޮތުގެ ތަފްސީލް" ކަރުދާސް މި އޮފީހުގެ ވެބްސައިޓުގައި އާންމުކުރެވިފައިވާނެއެވެ.

  ސަޕޯޓް ސަރވިސް އޮފިސަރގެ މަޤާމަށް ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތަކަށް ބާއްވާ ފިޒިކަލް ފިޓްނެސް ޓެސްޓް އޮންނާނީ 09 ސެޕްޓެންބަރު 2024 (ހޯމަ) ދުވަހުގެ ރޭގަނޑު 20:00 ގައި ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ.

  މި އިޢުލާނާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003499 ނުވަތަ 3322001 އަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. އީމެއިލް ކުރައްވާއިރު ވަޒީފާއަށް ކުރިމަތިލީ ފަރާތުގެ ފުރިހަމަ ނަމާއި އައިޑީ ކާޑް ނަންބަރާއި  ގުޅޭނެ ފޯނު ނަންބަރު އަދި ކުރިމަތިލީ މަޤާމު އެނގޭނެހެން އީމެއިލްކުރެއްވުން އެދެމެވެ.

03 ސެޕްޓެންބަރު 2024