ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)356/356/2024/57
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:59
ސުންގަޑި: 17 ސެޕްޓެންބަރު 2024 14:00
އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ދޫކުރުމަށް އެކުލަވާލާ ކޮމިޓީއަށް މެމްބަރުން ހޯދުން

އިޢުލާން

ގޯތި ދޫކުރުމަށް އެކުލަވާލާ ކޮމިޓީއަށް މެމްބަރުން ހޯދުން   

  މި ރަށުން ގޯތި ދޫކުރުމަށްޓަކާ އެކުލަވާލާ ކޮމިޓީއަށް މެމްބަރުން ހޯދުމަށްވަނީ ބޭނުންވެފައެވެ. 

ބޭނުންވާ ޢަދަދު : 07 ( ހަތެއް )

ޝަރުޠު 

* ޢުމުރުން 25 އަހަރު ފުރިފައިވުން   

* ގްރޭޑް 10 ނިންމާފައިވުން ނުވަތަ MQA  ޤަބޫލުކުރާ ސެޓްފިކެޓް ލެވެލް 03 ހަދާފައިވުން 

* މި ރަށުގެ ރަށްވެއްސެއްކަމުގައިވުން 

* މި ފަހަރު ގޯއްޗަށް އެދި ހުށަހަޅާ ފަރާތެއް ކަމުގައި ނުވުން   

* މި ފަހަރު ގޯއްޗަށްއެދި ހުށަހަޅާ ފަރާތެއްގެ މަންމަ، ބައްޕަ، ދަރިއެއް ، ފިރިމީހާ ނުވަތަ އަނބީހާ ކަމުގައި ނުވުން.  * މި ފަހަރު ގޯއްޗަށްއެދި ހުށަހަޅާ ފަރާތެއްގެ ދޮންމަންމަ، ދޮންބައްޕަ ނުވަތަ ދޮންދަރިއެއް ކަމުގައި ނުވުން. 

* އދ.މާމިގިލީ ކައުންސިލް އިދާރާގައި މަސައްކަތްކުރާ މުވައްޒަފެއްކަމުގައި ނުވުން.

މެމްބަރުން އައްޔަންކުރުމަށް ހަމަޖެހިފައިވާ އުޞޫލު

 * ޝަރުޠު ފުރިހަމަވާ 07 ފަރާތް ނުވަތަ އެއަށްވުރެމަދުން ހުށަހަޅައިފިނަމަ އެފަރާތްތައް ކޮމިޓީއަށް އައްޔަން ކުރުން 

 * ޝަރުޠު ފުރިހަމަވާ 07 ފަރާތަށް ވުރެ ގިނައިން ކުރިމަތި ލައިފިނަމަ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން 07 ފަރާތް ހޮވުން

 

ހުށަހަޅަންޖެހޭ ތަކެތި

* ގޯތި ކޮމިޓީގެ މެމްބަރަކަށް ވުމަށްއެދި ހުށަހަޅާ ސިޓީ 

 * ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެ ފުށުގެ ސާފުކޮޕީ ( މުއްދަތު ހަމަނުވާ )                      

* ޙާޞިލްކޮށްފައިވާ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ

އިތުރު މަޢުލޫމާތު

* ގޯތި ކޮމިޓީއަށް ހޮވޭ ފަރާތްތަކަށް ތީރީގައި ދަންވާފައިވާގޮތުގެ މަތިން އެލަވަންސެއް ދޭގޮތަށްވަނީ ހަމަޖެހިފައެވެ. * ކޮންމެ މަހެއްގަވެސް ކޯރަމް ހަމަވެގެން ބާއްވާ ފުރަތަމަ 10 ބައްދަލު ވުމަށް ހާޟިރުވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ފަރާތަކަށް ކޮންމެ ބައްދަލުވުމަކަށް 50.00 ރ ( ފަންސާސް ރުފިޔާ ) ދޭގޮތަށްވަނީ ހަމަޖެހިފަ އެވެ. މި ގޮތުން ކޮންމެ ފަރާތަކަށްވެސް މަހެއްގެ މައްޗަށް އެންމެ ގިނަވެގެން ލިބޭނީ 500.00 ރ ( ފަސް ސަތޭކަ ރުފިޔާ ) އެވެ. މި އެލަވަންސް ދިނުމަށް އަދި ހަމަޖެހިފައިވަނީ 2024 ޑިސެމްބަރ މަހުގެ ނިޔަލަށެވެ. އަދި ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި 2025 ވަނަ އަހަރުގެ ބަޖެޓް ލިބޭ ގޮތަކަށް ބަލާފައި މި އެލަވަންސް އިތުރު މުއްދަތަކަށް ދިނުމާމެދު މިކައުންސިލުން ގޮތެއް ނިންމާގޮތަށްވެސްވަނީ ހަމަޖެހިފައެވެ.         

 ވީމާ،މިކަމަށް ޝައުޤުވެރިލައްވާ ފަރާތްތަކުން މަތީގައި ދަންނަވާފައިވާ ގޮތުގެމަތިން  2024 ސެޕްޓެމްބަރ 17 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.  މިހެންވެމިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

      30 ޞަފަރު  1446                                   

03 ސެޕްޓެންބަރު 2024