ނީލަން
ނަންބަރު: (IUL)321-A/321/2024/166
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 13 ސެޕްޓެންބަރު 2024 16:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަސްލަކުޑި ނީލަން ކިޔުން

އިޢުލާނު

ތުޅާދޫ ޞިއްޙީ މަރުކަޒުގެ ކުރިމަތީހުރި ފިތުރޯނުގަސްތައް ކަނޑާ ނަގާފައިވާ ގަސްލަކުޑި، ދުވަހު ނީލަމުގައި ވިއްކާލަގޮތަށް ވަނީ ހަމަޖެހިފައެވެ. މި ނީލަން ކިޔުން އޮންނާނީ، 2024 ސެޕްޓެންބަރު 13 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 ގައި ޞިއްޙީ މަރުކަޒާ އިންވެގެން އިރުމަތިން އޮތް ހުސްބިމުގައެވެ

 

ވީމާ، މި ލަކުޑިތައް ނީލަމުން ނެންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2024 ސެޕްޓެންބަރު 13 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 އަށް އެ ސަރަޙައްދަށް ދުރުވުމަށް ދަންނަވަމެވެ. ނީލަމުގެ ކޮންމެ ސުލޮޓެއް (ބައެއް) ފެށޭއަގަކީ -/500 (ފަސް ސަތޭކަ) ރުފިޔާއެވެ

 

އަދި ދަންނަވަމެވެ. މި ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ދައްކަވަންޖެހޭ ފައިސާ، 2024 ސެޕްޓެންބަރު 15 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ދައްކަވާ ނިންމަވަން ވާނެއެވެ. އަދި ނީލަމުން ނެންގެވި ތަކެތި، 2024 ސެޕްޓެންބަރު 19 ވާ ބުރާސްފަތި ދުވަހުގެ 18:00 ގެ ކުރިން ގެންގޮސް ނިންމާ ބިން ސާފުކުރަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުންނަ ތަކެތި، ކައުންސިލް އިދާރާގެ ބެލުމުގެ ދަށަށް ގެނެވޭނެއެވެ.  

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

 

03 ސެޕްޓެންބަރު 2024