ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2024/59
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި: 17 ސެޕްޓެންބަރު 2024 13:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަހާ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު

ބާރަށު އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީން އިން މިރަށުގައި ފަހާ ކޯހެއް ހިންގުމަށް ކުރެވުނު އިއުލާން ނަންބަރު (IUL)257/257/2024/56 އާއި ހަވާލާދީ ދަންނަވަމެވެ. އެކަށީގެންވާ ވަރަށް ބައިވެރިން ލިބިފައިނުވާތީ އަލުން ފަހާކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ.  މި ކޯހުގާ ބައިވެރިވާން ބޭނުންފުޅުވެ ލައްވާ ދެ ޖިންސުގެ ބޭފުޅުންނަށްވެސް ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. މި ކޯހުގާ ބައިވެރިވެ ލައްވާ ކޮންމެ ބޭފުޅެއްގެ އަތުން ކޯހުގާ ބައިވެރިވުމަށް 2000.00 ( ދެހާސް )  ރުފިޔާ ގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް މީގެ ތެރެއިން އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީއިން 500.00 ( ފަސް ސަތޭކަ ) ރުފިޔާ ބައިވެރިވާ ކޮންމެ ބައިވެރިއެއްގެ އަތުން އުނިކޮށް ދެއްވާނެ ވާހަކަ ދަންނަވަމެވެ. އަދި މިކޯސް ހިންގޭނީ މަދުވެގެން 15 ބައިވެރިން ލިބިގެންނެވެ. މި ކޯހުގެ މުއްދަތަކީ 30 ދުވަހެވެ.  އަދި  ހަމަ އެހެންމެ މިކޯހުގާ ބައިވެރިވާ ބޭނުންވާ ސްކޫލު ދަރިވަރުންނަށްވެސް ބައިވެރިވުމުގެ ފުރުސަތު ލިބިގެންވެއެވެ. އަދި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެވާހަކަ ދަންނަވަމެވެ.

          އެހެންކަމުން މިކޯހުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ބާރަށު ކައުންސިލް އިދާރާ އަށް ދުރުވެ ފޯމް ނެންގެވުމަށްފަހު ، ފޯމް ފުރިހަމަކޮށް 17 ސެޕްޓެމްބަރ 2024 ވަނަ ދުވަހުގެ 13.00 ގެ ކުރިން ފޯމް ހުށައެޅުމަށް ދަންނަވަމެވެ. އަދި ކުރިން ފޯމް ހުށަހަޅުއްވާފައިވާ ފަރާތްތަކުން ބައިވެރިވާން ބޭނުންފުޅުވާނަމަ އަލުން ފޯމް ފުރިހަމަ ކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް ބައިވެރިވާން ބޭނުންފުޅުވާނަމަ، މިކޮމިޓީގެ ރައީސާގެ ފޯނު ނަންބަރު  7836117 އަށް ގުޅުއްވާދެއްވުން އެދެމެވެ.

          ވީމާ، މިކަން އާންމުކޮށް އެންގުމަށް ޓަކާ އިޢުލާން ކުރީމެވެ. 

03 ސެޕްޓެންބަރު 2024