ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2024/60
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 17 ސެޕްޓެންބަރު 2024 13:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަނުން ތަކެތި ވިޔަން ދަސްކޮށްދިނުމުގެ ޕްރޮގުރާމާ ގުޅޭ

           ބާރަށު އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީން މިރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފަނުން ތަކެތި ވިޔަން ދަސްކޮށްދިނުމުގެ ޕުރޮގުރާމާއި ގުޅޭގޮތުން ކޮށްފައިވާ އިއުލާނާއި ނަންބަރު (IUL)257/257/2024/57 ހަވާލާދީ ދަންނަވަމެވެ. އެކަށީގެންވާ ވަރަށް ބައިވެރިން ލިބިފައިނުވާތީ އަލުން ފަނުން ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ.

         މިޕްރޮގުރާމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، ފޯމް ފުރިހަމަކޮށް 17 ސެޕްޓެމްބަރ 2024 ވަނަ ދުވަހުގެ 13.00 ގެ ކުރިން ފޯމް މިއިދާރާރަށް ދުރުވެ މި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ. މި ފޯމް ދޫކުރާނީ މިކައުންސިލް އިދާރާގެ ކައުންޓަރުންނެވެ. މި ޕްރޮގްރާމްގެ މުއްދަތަކީ 10 ދުވަހެވެ. މި ޕްރޮގްރާމަކީ މުޅިން ހިލޭ ސާބަހަށް ކުރިއަށް ގެންދެވޭ ކޯހެކެވެ. އަދި ކުރިން ފޯމް ހުށަހަޅުއްވާފައިވާ ފަރާތްތަކުން ބައިވެރިވާން ބޭނުންފުޅުވާނަމަ އަލުން ފޯމް ފުރިހަމަ ކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް ބައިވެރިވާން ބޭނުންފުޅުވާނަމަ، މިކޮމިޓީގެ ރައީސާގެ ފޯނު ނަންބަރު  7836117 އަށް ގުޅުއްވާދެއްވުން އެދެމެވެ.

           ވީމާ، މިކަން އާންމުކޮށް އެންގުމަށް ޓަކާ އިޢުލާން ކުރީމެވެ. 

03 ސެޕްޓެންބަރު 2024