ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HH/PSM/2015/20
ޕަބްލިޝްކުރި ތާރީޚް: 04 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 15:08
ސުންގަޑި: 16 ޖޫން 2015 15:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ފޮޓޯގްރާފަރ

މަޤާމު: ފޮޓޯގްރާފަރ

މުސާރަ

މަހަކު -/7،500 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/3،000

މަޤާމުގެ ރޭންކް

TP 4

ބޭނުންވާ އަދަދު

01

މަސައްކަތް ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

 

މަޤާމުގެ ޝަރުޠު:

މަޤާމާ ގުޅޭ ދާއިރާއިން އެޑްވާންސް ޑިޕްލޮމާއެއް އޮތުން ނުވަތަ ޑިޕްލޮމާއެއް އޮތުމާއެކު ގުޅޭދާއިރާއިން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަޤާމާގުޅޭ ދާއިރާއިން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ނިއުސް އިވެންޓްތަކުގެ ފޮޓޯނެގުމާއި، ފޮޓޯ ނެގުމާއި، ޚަބަރު އުފައްދާ ފަރާތްތަކާ ހިއްސާކުރުން
  • ކުންފުނިން ނެރޭ އޮންލައިން، ޕްރިންޓް މީޑިއާއަށް ބޭނުންވާ ފޮޓޯ އެޑިޓް ކުރުމާއި އެޖަސްޓް ކުރުން.
  • ކުންފުންޏަށް ބޭނުންވާ ސްޓޫޑިއޯ ފޮޓޯގްރަފީއާއި އައުޓްޑޯ ފޮޓޯނެގުން
  • ނަގާ ފޮޓޯ އާރކައިވު ކުރުމަށްޓަކައި ލޭބަލް ކުރުމާއި ސެންޓްރަލް އާކައިވް އާ ހަވާލު ކުރުން

އިތުރުގަޑި:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓުފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • މަތީގައިވާ މަޤާމަށް އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތަށެވެ.

ސުންގަޑި

 

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2015 ޖޫން 16 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ/ ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

17 ޝަޢުބާން 1436

04 ޖޫން 2015