މަސައްކަތް
ނަންބަރު: (IUL)226-H/226/2024/24
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:44
ސުންގަޑި: 17 ސެޕްޓެންބަރު 2024 11:00
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަދެކުނު ޤުރުއާން މުބާރާތް ހޯސްޓްކޮށްދޭނެ ފަރާތެއް ހޯދުން

ތިލަދެކުނު ޤުރުއާން މުބާރާތް ހޯސްޓްކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މައުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިޑްގައި ރަޖިސްޓަރ ވުމަށް: https://www.haadhaal.gov.mv/bid-register

ތަފްސީލް

ތާރީޚް

ގަޑި

ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ ސުންގަޑި

އީމެއިލް: [email protected]

10 ސެޕްޓެމްބަރު 2024

10:30

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން

03 - 12 ސެޕްޓެމްބަރު 2024 ނިޔަލަށް

11:00

މަޢުލޫމާތު ސެޝަން

10 ސެޕްޓެމްބަރު 2024

11:00

ބީލަންތައް ހުޅުވުން

17 ސެޕްޓެމްބަރު 2024

11:00

ތަން: ހދ އަތޮޅު ކައުންސިލް އިދާރާގެ މީޓިންގ ރޫމް

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި ގުޅުއްވާނީ 6521633 ، 6521685 ނުވަތަ 6521637 އަށެވެ.

ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މި ބީލަން ހުޅުވާލެވިފައިމިވަނީ، ހދ އަތޮޅުގައި ރަޖިސްޓަރީ ވެގެން ހިންގާ ކްލަބު ޖަމިއްޔާތަކަށާއި ހދ އަތޮޅުގެ ރަށު ކައުންސިލް އިދާރާތަކަށެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް އަންދާސީ ހިސާބެވެ.

މިމަސައްކަތާއި ބެހޭ މައުލޫމާތު މި އިދާރާގެ ވެބްސައިޓް  https://haadhaal.gov.mv/ގައި 3 ސެޕްޓެމްބަރ 2024 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތީލާ ފަރާތުގެ ޒިންމާއެކެވެ.

03 ސެޕްޓެންބަރު 2024