ދިވެހިރާއްޖެ
ނ. ފޮއްދޫ އިން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 2024 ސެޕްޓެމްބަރ 3 ވާ އަންގާރަ ދުވަހުން ފެށިގެން 2024 ސެޕްޓެމްބަރ 15 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލައިފީމެވެ. ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށް، މިއިދާރާގެ ނޯޓިސްބޯޑްގައި ބެހެއްޓިފައިވާނެއެވެ.
ޕޮއިންޓް ދީފައިވާ ގޮތާމެދު، ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން "ނ. ފޮއްދޫ އިން ބަންޑާރަ ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ލިސްޓަށް ޝަކުވާ ހުށަހަޅާ ފޯމް" ފުރިހަމަކޮށް ރަސްމީގަޑީގައި މި އިދާރާއަށް ނުވަތަ މި އިދާރާގެ އީ-މެއިލް [email protected] އަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.
ނ. ފޮއްދޫ އިން ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އިޢުލާން ކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން ލިސްޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްފަހުގައެވެ.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.