ބީލަން
ނަންބަރު: (IUL)491-CDS3/491/2024/101
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:17
ސުންގަޑި: 15 ސެޕްޓެންބަރު 2024 09:00
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އުމަރު ޒާހިރު އިމާރާތަށް ޕެސްޓް ކޮންޓްރޯލް ޓްރީޓްމަންޓް ދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ނަންބަރު: (IUL)491-CDS3/491/2024/101

 

އުމަރު ޒާހިރު އިމާރާތަށް ޕެސްޓް ކޮންޓްރޯލް ޓްރީޓްމަންޓްދޭނެ ފަރާތެއްހޯދުމާއި ގުޅޭ

 ބީލަން ހުށަހެޅުމުގެ ދަޢުވަތު

އުމަރު ޒާހިރު އިމާރާތައް ޕެސްޓް ކޮންޓްރޯލް ޓްރީޓްމަންޓް ދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާން ނަންބަރު (IUL)491-CDS3/491/2024/86 އިޢުލާނަށް އެކަށީގެންވާ ތަރުހީބު ލިބިފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހުޅުވާލަމެވެ.

 

  • ބީލަމާއިގުޅޭ މަޢުލޫމާތު ސެޝަން 08 ސެޕްޓެމްބްރ 2024 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:00 ގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

  • ބީލަމާއި ގުޅޭ ސައިޓް ވިސިޓް 09 ސެޕްޓެމްބަރ 2024ވާ ހޯމަ ދުވަހުގެ މެންދުރު 12:00ގައި އުމަރު ޒާހިރު ބިލްޑިންގައި ބޭއްވުމަށް ވަނީ ހަމަ ޖެހިފައެވެ.

 

  • އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން 11 ސެޕްޓެމްބަރ 2024ވާ ބުދަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ތިރީގައިވާ އީމެއިލް އެޑުރެސް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

 

  • ބީލަންހުށަހެޅުމާއި ބީލަންހުޅުވުން އޮންނާނީ 15 ސެޕްޓެމްބަރ 2024ވާ އާދިއްތަ ދުވަހުގެ 09:00 ގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގައެވެ. ބީލަންތައް ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ ފަދައިން ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ބާޠިލް ކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

މިމަސައްކަތާއިގުޅޭ މަޢުލޫމާތު ޝީޓް މިވުޒާރާގެ ވެބްސައިޓް www.infrastructure.gov.mv ގައި އަދި މިއިޢުލާނާއިއެކު ގެޒެޓުގައި ޝާއިޢުކޮށްފައިވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  • މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ
  • އަމީނީ މަގު، މާފަންނު
  • ކ.މާލެ، 20392

                               30 ޞަފަރު 1446ހ.

                              03 ސެޕްޓެމްބަރ 2024މ.

03 ސެޕްޓެންބަރު 2024