މަސައްކަތް
ނަންބަރު: (IUL)331/331/2024/79
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 12:56
ސުންގަޑި: 10 ސެޕްޓެންބަރު 2024 10:30
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު، ދިވެހިރާއްޖެ                                                 ނަމްބަރ:331/331/2024/79(IUL)

 

 

   އިޢުލާން

 

 ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

 

މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް، ބަނދަރުގައި ހަރުކޮށްފައިވާ ފެން އިސްކުރުތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުންކުރި ނަމްބަރު 331/331/2024/77(IUL) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކޯޓޭޝަން ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.  

މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

                 މިމަސައްކަތާއި ބެހޭގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ޝީޓް މިކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. ކޯޓޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2024 ސެޕްޓެމްބަރ 10 ވާ އަންގާރަ ދުވަހުގެ 10:30 ގައި މިކައުންސިލްގެ އިދާރާގައެވެ.  

                  ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. 

03 ސެޕްޓެންބަރު 2024