ދިވެހިރާއްޖެ
އިޢުލާން
ދަނޑުވެރިކަންކުރުމަށް ދޫކުރެވޭ ބިންތައް ސާފުކުރުމާއިގުޅޭ
މި އިދާރާގެ ނަންބަރު: (IUL)309-ESM/309/2024/62 (26 މެއި 2024) އިޢުލާނާއި ގުޅިގެން ދަނޑުބިމަށް ހުޅުވާލެވުނު ފުރުޞަތުގައި ބިމަށްއެދި ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދަނޑުބިން ލިބުނު ފަރާތްތަކަށް މިހާރު ވާނީ ދަނޑުބިންތައް ނޮޅުމަށް ހަވާލުކުރެވިފައެވެ. އެހެންކަމުން 15 ސެޕްޓެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް، ދަނޑުބިންތައް ނޮޅާ ނިންމެވުމަށް ދަންނަވަމެވެ.
އަދި ދަންނަވަމެވެ. ދަނޑުބިންތަކުން ނޮޅާ ސާފުކުރުމުގައި އުފެދޭ ފަތްކުނި ނައްތާލުމަށް ހަމަޖެހިފައިވަނީ ކައުންސިލުންގެ ބެލުމުގެ ދަށުންކަމުގައި ދަންނަވަމެވެ. އެހެންކަމުން، ކައުންސިލްގެ ހުއްދައަކާނުލާ އަމިއްލައަށް ދަނޑުބިންތަކުގައި ހުޅުލާ އެންދުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.