ދިވެހިރާއްޖެ
މި އިޢުލާންވަނީ 08 ސެޕްޓެންބަރު 2024 13:34 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
މި އިދާރާއަށް 2 ޓްރިޑްމިލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
މިއިދާރާގެ ނަންބަރު (IUL)365-CA/2024/69(08 އޮގަސްޓް 2024) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާނު ބާތިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިއިދާރާއަށް ބޭނުންވާ 2 ޓްރިޑްމިލް ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓަރީވުމަށް 2024 ސެޕްޓެމްބަރ 16 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން މި އިޢުލާނުގައިވާ "ބިޑް ރަޖިސްޓްރީ ފޯމް" މިއިދާރާގެ މެއިލް [email protected] އަށް މެއިލްކުރުމުން ރަޖިސްޓްރީ ކުރެވުނީއެވެ.
ޓުރެޑްމިލް ސަޕްލައިކޮށްދިނުމާބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2024 ސެޕްޓެމްބަރ 19 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން [email protected] އީމެއިލް އެޑްރެހަށެވެ.
ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުން 2024 ސެޕްޓެމްބަރ 24 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާނުކުރީމެވެ.