ވަޒީފާގެ ފުރުޞަތު
ނަންބަރު: KACL/IULAAN/2015/010
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 14:49
ސުންގަޑި: 15 ޖޫން 2015 12:00
ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޑްރައިވަރ

މަޤާމު

ޑްރައިވަރ

ބޭނުންވާ އަދަދު

02

މަޤާމުގެ ކުލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް: އެސް.އެސް 2

މުސާރަ

މަހަކު -/3,470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1,000 ރުފިޔާ

އިނާޔާތްތައް

ކުންފުނީގެ ގަވާއިދުގައި ހަމަޖެހިފައިވާ އުސޫލުން އެލަވަންސްތަކާއި އިނާޔަތްތައް ދެވޭނެއެވެ.

ސެކްޝަން/ ޔުނިޓް/ ތަން

ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް/ ކައްދޫ އެއަރޕޯޓް އޮފީސް/ ލ.ކައްދޫ

މަޤާމުގެ މަސްއޫލިއްޔަތު

އެއަރޕޯޓުގައި ހުންނަ ވެހިކަލްތައް އެއަރޕޯޓުގެ ބޭނުންތަކަށް ދުއްވުން.

މަޤާމުގެ ޝަރުޠު

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް (ކެޓަގަރީ C, B, A ގައި ހިމެނޭ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް) ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
  • ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ އިންސައްތަ 30 އަށްވުރެ މަތިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އެއަރޕޯޓުން ހަމަޖައްސާ އުސޫލެއްގެ މަތީން، އެއަރޕޯޓުގައި ބޭނުންކުރާ އެއްގަމުގައި ދުއްވާ ހުރިހާ އުޅަނދުފަހަރު "ޑެއިލީ ޗެކް" ކުރުމާއި ގަވާއިދުން ލޮގްކޮށް، ކަމާބެހޭ ފަރާތަށް ރިޕޯޓުކުރުން.
  • އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ސްޓާޓްކުރުމުގެ ކުރިން ޗެކްކުރަންޖެހޭ ހުރިހާ ކަންކަމެއް ޗެކްކޮށް ލޮގްކުރުން.
  • އެއަރޕޯޓްގައި ބޭނުންކުރާ އެއްގަމުގައި ދުއްވާ ހުރިހާ އުޅަނދުފަހަރު ދޮވެ، ސާފުކޮށް ބެލެހެއްޓުން.
  • އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ބޭނުންކޮށްގެން އެއަރޕޯޓުގައި ކުރަންޖެހޭ މަސައްކަތްތަކާ ގުޅިގެން އެވަގުތަކު ދުއްވަންޖެހޭ އުޅަނދެއް ދުއްވުން.
  • ރަންވޭ ސޯލްޑަރު ވިނަކޮށުން.
  • އެއްގަމުގައި ދުއްވާ އުޅަނދުފަހަރު އެއަރޕޯޓުގައި ދުއްވާއިރު ޓްރާންސްޕޯޓް އޮތޯރިޓީގެ ގަވާއިދުތަކާއި އެއަރޕޯޓުގެ ގަވާއިދުތަކާއި އަދި ޚާއްޞަކޮށް ރޭމްޕްގައާއި އެއަރސައިޑުގައި އުޅަނދުފަހަރު ދުއްވުމުގެ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތައި، މި ބަޔާންކުރި ގަވާއިދުން އުޅަނދުފަހަރު ދުއްވުން.
  • މި ބަޔާންކުރި މަސައްކަތްތަކުގެ އިތުރުން، އިސްލާމްދީނާއި ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފުނުވާނޭހެން، މަސައްކަތުގެ މާޙައުލުގައި އޮފީހުން އަންގާ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ކައްދޫ އެއަރޕޯޓް އޮފީހުން ލިބެން ހުންނާނެއެވެ.)
  • ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރުގެ އެހެން ދާއިރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކުނަމަ، ކުރިމަތިލާ މަޤާމަށް ހޮވުމުން، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއަކާއި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)

ސުންގަޑި

15 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 12:00

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަހުގެ ތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަރވިއު އޮންނާނީ ކައްދޫ އެއަރޕޯޓް އޮފީހުގައެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6800704 އެވެ. ވަޒީފާއަށް އެދޭ ފޯމު ހުށަހަޅުއްވަންވާނީ ކައްދޫ އެއަރޕޯޓް އޮފީސް/ ލ.ކައްދުއަށެވެ.

ނޯޓް: މިވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަރވިއުކުރާނީ ޝޯޓްލިސްޓްކުރެވޭ 15 ފަރާތާއެވެ.

02 ޖޫން 2015