ދިވެހިރާއްޖެ
އިޢުލާން
ސްކޭޓް ޕާކުގެ ވަށާފާރު ރާނައިދޭނެ ފަރާތެއް ހޯދުން
މި އިދާރާއިން ދޭ ކުރެހުމާއި އެއްގޮތަށް މިރަށު ސްކޭޓްޕާކުގެ ވަށާފާރު އަމިއްލަ ތަކެތީގައި ރާނައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މި މަސައްކަތްކުރުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލުގެ މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓަރ ކުރެވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް، 16 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހުގެ 14:00 ގެކުރިން މަޢުލޫމާތު ޝީޓާއި ކުރެހުން މެއިލްކުރެވޭނެއެވެ.
ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:
- އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް).
- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ކުންފުނީ/ ޕާޓްނާޝިޕް/ ފަރުދުންގެ ވިޔަފާރި/ ކޯޕަރޭޓިވް ސޮސައިޓީ ގެ ނަން.
- ރަޖިސްޓްރީ ނަމްބަރ.
- އީމެއިލް އެޑްރެސް.
- ގުޅޭނެ މޯބައިލް ނަމްބަރު.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ، 23 ސެޕްޓެމްބަރ 2024 ވާ ހޯމަދުވަހުގެ 11:00 ގައި މ. މުލީ ކައުންސިލްގެ އިދާރާގައެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިވެލުއޭޝަން ކްރައިޓީރިއާ
- މަސައްކަތުގެ އަގު: %60 ޕޮއިންޓް (ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
- ތަޖުރިބާ: %20 ޕޮއިންޓް (ހަމައެކަނި ކޮންސްޓްރަކްޝަން މަސައްކަތްކޮށްފައިވާ ކަމުގެ ރަސްމީލިޔުންތަކަށް. މިބާވަތުގެ ކޮންމެ މަސައްކަތަކަށް 2 ޕޮއިންޓް)
- މުއްދަތު: (ދިހައެއް) ޕޮއިންޓް (ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗުމާކު ކަމުގައި ބަލައިގެން).
- މާލީ ޤާބިލުކަން: (ދިހައެއް) ޕޮއިންޓް (ހުށަހަޅާ ބޭންކް ސްޓޭޓްމަންޓްގެ ޖުމްލަ ކޭޝްއިން އެވްރެޖް -/10،000 ރުފިޔާއަށްވުރެ މަތިވާނަ މާރކްސް ލިބޭނެ/ އެންމެ ބޮޑު ޢަދަދަކީ ބެންޗްމާކު ކަމުގައި ބަލައިގެން).
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.