ޢާންމު މަޢުލޫމާތު
ނަންބަރު: HPL/ I-FIN/2024/04
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 09:55
ހިތަދޫ ޕޯޓް ލިމިޓެޑް
ދިވެހިރާއްޖެ
ހިތަދޫ ޕޯޓް ލިމިޓެޑްގެ އެންޓްރީ ޕާސް އާއި ގުޅޭ

02 ސެޕްޓެމްބަރ 2024 އިން ފެށިގެން މި ބަނދަރުގެ ޙިދުމަތް ހޯދުމަށް އަންނަ ކަސްޓަމަރުން އަތުން ނަގަމުން އައި ދުވަހު ފާހުގެ ބަދަލުގައި ހަމަސް ދުވަހުގެ މުއްދަތަށް މި ޙިދުމަތް ލިބޭނެ ގޮތަށް ކާޑެއް ހެދުމަށް ވަނީ ހަމަ ޖެހިފައެވެ. މި ކާޑު ހެދުމުގެ މަޤްސަދަކީ ގިނަ އަދަދަކަށް ބަނދަރުގެ ޚިދުމަތް ހޯދުމަށް ވަޑައިގަންނަވާ ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކު ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.

މިކާޑަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު ހިތަދޫ ޕޯޓް ލިމިޓެޑުގެ އެޑްމިން އަދި ސެކިއުރިޓީ ޑިޕާޓްމެންޓުން ލިބެން ހުންނާނެއެވެ. އަދި ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަންތައް ޕޯޓް ސެކިއުރިޓީ ޑިޕާޓްމެންޓުގެ ވައިބަރ ނަންބަރު 7948558 މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. ކާޑުގެ ފީ ކަނޑައެޅިފައިވަނީ އެމް.ޕީ.އެލް ގެ ޓެރިފް ރޭޓާއި އެއްގޮތަށް ކޮންމެ ހަމަސް ދުވަހަކަށް -/132.45 ރުފިޔާއެވެ. މި ކާޑާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް ފައިނޭންސް ޑިޕާޓްމެންޓުގެ ނަންބަރު 7348558 އަށް ވައިބަރ ކޮށްދެއްވުން އެދެމެވެ.

02 ސެޕްޓެންބަރު 2024