ޢާންމު މަޢުލޫމާތު
ނަންބަރު: IUL)492-E/492/2024/160
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 08:51
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
ވަރުވާއަށް ދޫކޮށްފައިވާ ފަޅުރަށްރަށާއި ގުޅޭ

 

އިޢުލާން

 

ވަރުވާއަށް ދޫކޮށްފައިވާ ފަޅުރަށްރަށާއި ގުޅޭ

           ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ އެންމެހާ މަސައްކަތްތައް ހިންގާ ބެލެހެއްޓުމަށްޓަކައި [މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ] ގެ ނަމުގައި ވަކި މިނިސްޓްރީއެއް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވުމާއި ގުޅިގެން، ޤާނޫނު ނަންބަރު: 98/20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާއިބެހޭ ޤާނޫނު) ގެ ދަށުން ވަރުވާއަށް ދޫކޮށްފައިވާ ރަށްރަށުގެ އެންމެހާ ކަންތައް ބަލަހައްޓަމުން ގެންދާނީ މި މިނިސްޓްރީއިން ކަމުގައި އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

02 ސެޕްޓެންބަރު 2024