ވަޒީފާގެ ފުރުޞަތު
ނަންބަރު: 116-A30/IL/2015/32
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 14:33
ސުންގަޑި: 10 ޖޫން 2015 16:00
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޑްރައިވަރ

ވަޒީފާގެ ފުރުޞަތު

އެއަރޕޯޓްތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އެންމެ ޤާބިލު އަދި ތަޖުރިބާހުރި މިކުންފުނީގެ ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލު އުފެެއްދުންތެރި ހީވާގި އަދި ނަތީޖާ ހާސިލު ކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރާ އެއަރޕޯޓްގައިވާ ޑްރައިވަރ/ ޓްރާންސްޕޯޓް އެންޑް ފެރީ ސަރވިސަސްްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު: ޑްރައިވަރ

ބޭނުންވާ އަދަދު: 05   

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ) / ޓްރާންސްޕޯޓް އެންޑް ފެރީ ސަރވިސަސް

ޝަރުޠު:

  • ޑްރައިވިންގ ލައިސެންސް B1 އަދި C1 ކެޓަގަރީ އޮތުން.
  • B2 އަދި C2 ކެޓަގަރީގެ ޑްރައިވިންގ ލައިސެންސް އޮތް ފަރާތްތަކަށް އިސްކަންދެވޭނެ.
  • އުމުރު: 20-45 އަހަރާ ދެމެދު.
  • ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.

މުސާރައާއި އިނާޔަތްތަކަށް : -/9،000 ރުފިޔާއާއި -/10،000 ރުފިޔާއާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ސެކްޝަންގައި ބޭނުންކުރާ ވެހިކަލްތައް އޮޕަރޭޓްކުރުން.
  • އެއްތަނުން އަނެއްތަނަށް ދަތުރުކުރާއިރު ސަލާމަތީ މިންގަނޑުތަކަށް ފަރުވާތެރިވެ، ދަތުރުވެރިންނަށް ވެހިކަލަށް އަރައި ފޭބުމުގައި އެހީތެރިވުން.
  • ވެހިކަލްތައް ސާފުކުރުމާއި އަދި ހަވާލުކުރެވޭ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ސީވީ އާއި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 
  • ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ
  • 3 މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓުގެ ކޮޕީ

ކުރިމަތިލުމުގެ ސުންގަޑި: 10 ޖޫން 2015 ވަނަ ދުވަހުގެ 16:00ގެ ކުރިން.

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ :

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެޑްމިނިސްޓްރޭޓިވް ބިލްޑިންގ

ހުޅުލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު : ފޯނު –3325511    

އެދި މި މަޤާމުތަކަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިންޓަރވިއު އަށް ދެންނެވޭނީ މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

16 ޝަޢުބާން 1436

03 ޖޫން 2015