ދިވެހިރާއްޖެ
އިޢުލާން
މަސްވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް 2 ބިން ކުއްޔަށް ދޫކުރުމުގެ ފުރުސަތު ހުޅުވާލުން.
މަސްކައްކާ ހިއްކުމާ މަހުގެ އެކި ބާވަތްތަކުން ވިޔާފާރީގެ މަސައްކަތް ކުރުމަށް 20 އަހަރު ދުވަހުގެ މުއްދަތަށް ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް ބިމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
|
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފު ކުރުން |
މ. މުލަކު ކައުންސިލްގެ އިދާރާ |
03 ސެޕްޓޭމްބަރ 2024 |
އަންގާރަ |
11:00 |
އަންދާސީ ހިސާބު ހުށަހެޅުން |
މ. މުލަކު ކައުންސިލްގެ އިދާރާ |
09 ސެޕްޓޭމްބަރ 2024 |
ހޯމަ |
11:00 |
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް ފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ކޮންމެ ރައްޔިތަކަށާއި، ލޯކަލް އިންވެސްޓްމަންޓްތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކާއި، އަދި މީގެ އިތުރުން އިކޮނޮމިކް މިނިޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންނެވެން ނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަވަންވާނެއެވެ.
23 ޞަފަރު 1446
29 އޮގަސްޓް 2024