ދިވެހިރާއްޖެ
އިޢުލާން
މަހުގެ ބާވަތްތައް އުފެއްދުމުގެ މަސައްކަތްކުރުމަށް M-04 މަސްބިން ކުއްޔަށް ދޫކުރުން
މަހުގެ ބާވަތްތައް އުފެއްދުމުގެ މަސައްކަތްކުރުމަށް މަސްބިން ނަންބަރު M-04، 7 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބިންކުއްޔަށް ދިނުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
ބިން ކުއްޔަށްހިފަން އެދޭ ފަރާތްތަކުން 12 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލުގެ މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓަރ ކުރެވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް، 16 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހުގެ 14:00 ގެކުރިން މަޢުލޫމާތު ޝީޓް މެއިލްކުރެވޭނެއެވެ.
ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:
- އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް).
- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ކުންފުނީ/ ޕާޓްނާޝިޕް/ ފަރުދުންގެ ވިޔަފާރި/ ކޯޕަރޭޓިވް ސޮސައިޓީ ގެ ނަން.
- ރަޖިސްޓްރީ ނަމްބަރ.
- އީމެއިލް އެޑްރެސް.
- ގުޅޭނެ މޯބައިލް ނަމްބަރު.
ބީލަން ހުށަހެޅުން އޮންނާނީ، 23 ސެޕްޓެމްބަރ 2024 ވާ ހޯމަދުވަހުގެ 13:00 ގައި މ. މުލީ ކައުންސިލްގެ އިދާރާގައެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ބިޑް ހުށަހެޅުމަށް ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިވެލުއޭޝަން ކްރައިޓީރިއާ
- މަސައްކަތުގެ އަގު: %80 ޕޮއިންޓް (ހުށަހަޅާ އެންމެ ބޮޑު އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
- ތަޖުރިބާ: ޕޮއިންޓް (ހަމައެކަނި މަހުގެ އުފެއްދުން ތަކުގެ މަސައްކަތް ކޮށްފައިވާ/ކުރާކަމުގެ ރަސްމީލިޔުންތަކަށް. މިބާވަތުގެ ކޮންމެ މަސައްކަތަކަށް 5 ޕޮއިންޓް)
- މާލީ ޤާބިލުކަން: (ދިހައެއް އިންސައްތަ) ޕޮއިންޓް (ހުށަހަޅާ ބޭންކް ސްޓޭޓްމަންޓްގެ ޖުމްލަ ކޭޝްއިން އެވްރެޖް -/20،000 އަށްވުރެ މަތިވާނަ މާރކްސް ލިބޭނެ/ އެންމެ ބޮޑު ޢަދަދަކީ ބެންޗްމާކު ކަމުގައި ބަލައިގެން).
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.