ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)30-TFSM/30/2024/121
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 12 ސެޕްޓެންބަރު 2024 14:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
މަސައްކަތު

ވަޒީފާގެ ފުރުޞަތު

ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް

ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ހިންގަމުންގެންދާ "ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް"ގެ ތިރީގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝައުގެވެރިވާފަރާތްތައް [ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު] މި މިނިސްޓްރީއިން ހުޅުވާލަމެވެ.

މަޤާމު:

މަސައްކަތު

ގިންތި:  

ކޮންޓްރެކްޓް (3 އަހަރު)

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކޯޕްރޭޓް ޑިޕާޓްމެންޓް/ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް، ހ. ޕަލްމޭރާ، 3 ވަނަ ފަންގިފިލާ، ސޯސަން މަގު، ކ. މާލެ

މުސާރަ:

-/3100 ރުފިޔާ

ސަރވިސް އެލަވަންސް:

-/1000 ރުފިޔާ

އެހެނިހެން އެލަވަންސް:

1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

2. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި -/1200 ރުފިޔާ ލިބޭނެއެވެ.

3. ހަމަޖެހިފައިވާ އުސޫލުން މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައިދެވޭނެއެވެ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ތަމްރީން ޕްރޮގްރާމްތަކާއި، ޖަލްސާ އަދި ކޮމިޓީތަކާއި ބައްދަލުވުން ފަދަ ހަރަކާތްތަކަށް ސައި/ކޮފީ ތައްޔާރުކުރުމާއި، ނިމުމުން ތަށިތައް ނަގައި، ދޮވެ ސާފުކުރުން.
  • އޮފީހުގެ ސައިކޮޓަރި ވީހާވެސް ސާފުތާހިރުކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  • އޮފީސް ކުނިކަހައި، ފޮޅައި ސާފުކުރުމާއި ފާޚާނާތައް ސާފުކޮށް އަދި އޮފީހުގައި އެއްވެސް މައްސަލައެއް އުޅޭކަން ފާހަގަ ކުރެވިއްޖެނަމަ އެކަން ސްޕަވައިޒަރގެ ސަމާލުކަމަށް ގެނައުން.
  • ޑަސްބިންތައް ހުސްކޮށް ކުނި ބޭރުކުރުން.
  • އޮފީހުގެ މުވައްޒަފުންގެ ސްޓޭޝަންތަކާއި، އެތަންތަނުގެ ބިއްލޫރިތަކާއި، މޭޒުތަކާއި ފައިލިން ހަރުގަނޑުތައް ފޮހެ، ސާފުކުރުން.
  • ސަރުކާރުގެ އެކި އިދާރާތަކުން ފޮނުވަންޖެހޭ ސިޓީ /ނޯޓް/ ޕާރުސަލް ފަދަ ތަކެތި އެކި އިދާރާތަކަށް ގެންދިއުން.
  • އިދާރާގެ ބޭނުންތަކަށް ނަގާ ކޯޓޭޝަންތަކާއި ނަގަން ޖެހޭ މުދާ ނަގަންޖެހޭ ހާލަތެއްގައި ނެގުން.
  • އޮފީހުގައި ރާވާ ދަތުރުތަކާއި ތަމްރީން ޕްރޮގްރާމްތައް އިންތިޒާމްކުރުމުގައި އެހީތެރިވުން.
  • އޮފީހުން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައް ކުރުން.

މަޤާމުގެ ޝަރުޠު:

  1. ލިޔަންކިޔަން އެގުން.

ނޯޓް:

ލިޔަންކަޔަން އެނގޭކަން ދެނެގަތުން:

  • ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ
  • ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަނގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)
  3. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 12 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް، (ހ. ޕަލްމޭރާ، 3 ވަނަ ފަންގިފިލާ، ސޯސަން މަގު) ނުވަތަ މި މިނިސްޓްރީއަށް ވަޒީފާއަށް އެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެވެ. އީމެއިލް އެޑްރެހަކީ [email protected]  އެވެ. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3033484 ފޯނާއި ގުޅުއްވުން އެދެމެވެ.

 

 

29 ސަފަރު 1446

02 ސެޕްޓެމްބަރ 2024

 

02 ސެޕްޓެންބަރު 2024