ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)312/312/2024/57
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 16 ސެޕްޓެންބަރު 2024 11:00
މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށުގެ ރައްޔިތުންގެ ރުއްގަނޑުތައް ބިޑު އުޞޫލުން ވަރުވާއަށް ދޫކުރުން

މިރަށުގެ ރައްޔިތުންގެ ރުއްގަނޑުތައް ބިޑު އުޞޫލުން ވަރުވާއަށް ދޫކުރުން

      މިރަށުގެ ރައްޔިތުންގެ ރުއްގަނޑުތައް ބިޑު އުސޫލުން ވަރުވާ އަށް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ.

      ވީމާ، މިރުއްގަނޑުތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެއް 2024 ސެޕްޓެމްބަރ 9 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މިކައުންސިލް އިދާރާގައި އޮންނާނެއެވެ. އަދި މިކަމަށް އެދި ހުށަހަޅުއްވާ ބީލަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2024 ސެޕްޓެމްބަރ 16 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި ބޭއްވޭ ބައްދަލުވުމަކަށް ވަޑައިގެންނެވެ. ބީލަން ފޯމް ހުށަހަޅުއްވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައި، ހުށަހަޅުއްވާ ފަރާތުގެ ނަމާއި އެޑްރެސް ލިޔެ އަދި  "ރ. ކިނޮޅަހު ރައްޔިތުންގެ ރުއްގަނޑު ވަރުވާއަށް ދޫކުރުމަށް ހުޅުވާލާފައިވާ ބީލަމަށް ކުރިމަތިލުމަށް އެދި " މިހެން ލިޔުއްވާފައެވެ. މި ނޫންގޮތަކަށް ހުށަހަޅުއްވާ ފޯމުތައް ބަލައިގަނެވެން ނޯންނާނެވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި 4000312 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

02 ސެޕްޓެންބަރު 2024