ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)297/297/2024/77
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:44
ސުންގަޑި: 30 ސެޕްޓެންބަރު 2024 14:00
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު މޮނިއުމެންޓް ޑިޒައިންކުރުމަށް ހުޅުވާލުން

އިޢުލާން

ބަނދަރު މޮނިއުމެންޓް ޑިޒައިންކުރުން

ނ.ވެލިދޫ ބަނދަރު ސަރަޙައްދުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ މޮނިއުމެންޓްގެ ޑިޒައިން ހުށަހެޅުމަށް ހުޅުވާލަމެވެ. ހުށަހަޅާ ޑިޒައިންތަކުގެ ތެރެއިން ހޮވޭ އެންމެ ރަނގަޅު ޑިޒައިންއަކަށް 25,000.00ރ (ފަންސަވީސް ހާސް ރުފިޔާ)ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައެޅިފައެވެ. މޮނިއުމެންޓް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ސޯސަންމަގާއި ދޭލިޔާމަގާއި، ނީލޯފަރުމަގާއި މެރިން ޑްރައިވް ގުޅޭ ސަރަހައްދުގައި ބަނދަރަށް ކުރިމަތިލާ ގޮތަށެވެ.

ޑިޒައިންކުރުމުގައި ބަލަންޖެހޭ މިންގަނޑުތައް

  1. ޑިޒައިންކުރެވޭ މޮނިއުމެންޓަކީ ވެލިދޫ ރަމްޒުކޮށްދޭފަދަ އަމިއްލަ ވަންތަ ޑިޒައިނަކަށް ވާންވާނެއެވެ. މިގޮތުން ވެލިދުއަށް ޚާއްސަ ސިފަތަކާއި، ކަންކަމާއި، ތަކެތި ހިމެނޭގޮތަށް ފަރުމާކޮށްފައިވާ ޑިޒައިނަކަށް ވާންވާނެއެވެ. އަދި ވެލިދޫ ގެ ނަން (ނ.ވެލިދޫ / N.Velidhoo) ލިޔެވިފައި އޮންނަންވާނެއެވެ.
  2. ޑިޒައިންކުރެވޭ މޮނިއުމެންޓް ވާންވާނީ ތަރައްޤީކުރުމަށް ފަސޭހަ، ދިގުމުއްދަތަށް ބެހެއްޓޭގޮތަށް ތަރައްޤީކުރެވޭކަހަލަ ޑިޒައިންއަކަށެވެ. އަދި މޮނިއުމެންޓް ހެދުމުގައި ބޭނުންކުރާ މެޓީރިއަލްއަށް މާކްސް ދިނުމުގައި ބެލެވޭނެއެވެ.
  3. ޑިޒައިން ކުރެވޭ މޮނިއުމެންޓް ހުންނަންވާނީ ދުވާލާއި ރޭގަނޑަށް ދުރަށް ފާޅުވާފަދަ ގޮތަކަށެވެ.
  4. ފަރުމާކުރެވޭ ޑިޒައިންއަކީ މުޅިން އައު، އަމިއްލަ ވަންތަ ޑިޒައިނަކަށް ވާންވާނެއެވެ. އެހެން ފަރާތެއްގެ ފިކުރީ މުދަލެއްނަމަ އެކަމަށް ޒިންމާވާނީ މޮނިއުމެންޓް ޑިޒައިންކުރި ފަރާތުންނެވެ.
  5. ޑިޒައިންގެ އަސްލު ނުގެއްލޭ ގޮތަށް، ޑިޒައިން އަށް ކުޑަ ބަދަލެއް ގެނައުމަށް އެއްވަނަ އަށް ހޮވޭ ޑިޒައިންއެއް ހުށަހަޅާ ފަރާތަށް ކައުންސިލަށް އެދެވިދާނެއެވެ. އަދި ގެނެސްދިނުމަށް އެދޭ ބަދަލެއް ޑިޒައިން ހުށަހަޅާ ފަރާތުން އިތުރު އަގަކާއި ނުލާ ގެނެސްދޭން ވާނެއެވެ.
  6. މޮނިއުމަންޓް ޑިޒައިންއަކީ އެއްވެސް ސިޔާސީ ޕާޓީއެއް ނުވަތަ އެހެންރަށެއް ނުވަތަ ޤައުމެއް ރަމްޒުކޮށްދޭ ފަރުމާއަކަށް ވެގެން ނުވާނެއެވެ.
  7. މުބާރާތުގައި ބައިވެރިވުމަށް ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ އެއް ޑިޒައިންއެވެ.

 

ޑިޒައިން އާއި އެކު ހުށަހަޅަންޖެހޭ ތަކެތި

  1. މޮނިއުމެންޓް ހެދުމަށް ބޭނުންވާނެ ތަކެއްޗާއި ލަފާކުރާ ޙަރަދު (B.O.Q).
  2. ޑިޒައިން ހުށަހަޅާ ފަރާތުގެ އިތުރު ހުއްދައަކާއިނުލާ ޑިޒައިން ބޭނުންކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކައުންސިލަށް ދޭކަން އަންގައިދޭ ލިޔުމެއް.
  3. ޑިޒައިން ހުށަހެޅި ފަރާތުގެ ވަނަވަރު.
  4. ޑިޒައިން ހުށަހެޅި ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ.
  5. ޑިޒައިން ހުށަހަޅަނީ ވިޔަފާރިއެއް ނުވަތަ އަމިއްލަ ޖަމުޢިއްޔާ ޖަމާއަތެއްގެ ނަމުގައި ނަމަ، ރަޖިސްޓްރޭޝަން ކޮޕީ.
  6. ޑިޒައިން އިން ރަމްޒުކޮށްދޭ މާނައާއި ތަފްސީލް ބަޔާންކޮށްދޭ ލިޔުން.

މޮނިއުމެންޓް ޑިޒައިން ކަނޑައެޅުމަށް ހަމަޖެހިފައިވާ ގޮތް:

ޑިޒައިން ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ހުށަހެޅޭ ޑިޒައިންތަކުގެ ތެރެއިން ތިރީގައި ބަޔާން ކޮށްފައިވާ މާކްސް ދިނުމުގެ މިންގަނޑާއި އެއްގޮތަށް ކައުންސިލުން އެކުލަވާލާ 03 މެމްބަރުންގެ ކޮމިޓީއަކުން ޑިޒައިންއަށް މާކްސްދީ އެންމެ މަތިން މާކްސް ލިބޭ 3 ޑިޒައިނެއް ޝޯޓްލިސްޓްކޮށް ޢާންމުންގެ ހިޔާލަށް ހުޅުވާލައި އެތަނުން އެންމެ ގިނަ ވޯޓްލިބޭ ޑިޒައިނަކީ 1 ވަނަ ޑިޒައިންގެ ގޮތުގައި ކަނޑައަޅައި ކައުންސިލްގެ ޖަލްސާއަކަށް ހުށަހަޅައިގެން ފާސް ކުރާގޮތަށެވެ.

އިވެލުއޭޝަން ކޮމިޓީއަށް ކަމުދާ ޑިޒައިން އެއް ނެތި މިމަސައްކަތް ކުރުމުގެ މަޤްޞަދު ހާސިލްނުވާނަމަ ހުށަހެޅޭ ޕްރޮޕޯސަލްތައް ބާތިލްކުރެވޭނެއެވެ.

މާކްސް ދެވޭ މިންގަނޑު

ކޮލިޓީ އަދި ޓެކްނިކަލް ފެންވަރު

60%

އުފެއްދުންތެރިކަމާއި އަމިއްލަވަންތަކަން

20%

ބަޔާންކޮށްފައިވާ މިންގަނޑުތަކާއެއްގޮތަށް ރަމްޒުކޮށްދީފައިވާ މިންވަރު

10%

އާންމުންގެ ހިޔާލު (އާންމުންގެ ހިޔާލަށް ހުށަހެޅިގެންދާނީ މަތީގައިވާ ޝަރުތުތައް ފުރިހަމަވާ 3 ޑިޒައިން)

10%

 

މަތީގައި ބަޔާންކޮށްފައިވާ މިންގަޑަށް މޮނިއުމެންޓްގެ ޑިޒައިނާއި، ޑިޒައިންއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް 30 ސެޕްޓެމްބަރު 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި މޮނިއުމެންޓްގެ ޗާޓް މި އިޢުލާނާ އެޓޭޗްކޮށްފައިވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.               

02 ސެޕްޓެންބަރު 2024