ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MHCL-COO/MHCL/2015/1004
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 13:30
ސުންގަޑި: 17 ޖޫން 2015 14:00
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މެނޭޖަރ: ޙައްޖު އޮޕަރޭޝަންސް

ވަޒީފާގެ ފުރުޞަތު

މަޤާމު:

މެނޭޖަރ: ޙައްޖު އޮޕަރޭޝަންސް

ބޭނުންވާ އަދަދު:

01 (އެކެއް)

އަސާސީ މުސާރަ:

-/13,000 ރުފިޔާ

ސަރވިސް އެލަވަންސް:

-/3,500 ރުފިޔާ އަދި މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/135 ރުފިޔާ ދެވޭނެއެވެ.  

ފޯން އެލަވަންސް:

-/300ރ.

ފެންވަރު ނުވަތަ ޝަރުޠު

  • ޙައްޖާއި ޢުމްރާގެ އަޅުކަމާ ގުޅުންހުރި ކަންތައްތައް ރާވައި ހިންގުމުގައި މަދުވެގެން 5 އަހަރުގެ ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ޝަރީޢާ އާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ނުވަތަ ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.
  • ދިވެހި، އިނގިރޭސި އަދި ޢަރަބިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގުން.
  • ވޭތުވެދިޔަ 5 އަހަރު ޖިނާޢީ ކުށެއް ސާބިތުވެފައިނުވާ މީހަކު ކަމުގައިވުން ނުވަތަ އެފަދަ ކުށެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

މަސްއޫލިއްޔަތު:

  • ޙައްޖު/ޢުމްރާގެ އެންމެހައި ކަންތައްތައް ރާވައި ބެލެހެއްޓުން
  • ޙައްޖު/ޢުމްރާގެ ލޮޖިސްޓިކް ހުރިހާކަމެއް ރާވައި ބެލެހެއްޓުމާއި އަދި އެކަމާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ރާވައި ހިންގުން.
  • ޙައްޖާއި ޢުމްރާ އަޅުކަން އަދާކުރަން ބޭނުންވާ ފަރާތްތަކަށް ދޭންޖޭހެ ތަމްރީނުތައް ރާވައި ހިންގުން.
  • ކޯޕަރޭޝަންގެ ސްޓްރެޓެޖިކް ޕޮލިސީ ތަންފީޒު ކުރުމުގައި މެނޭޖިންގ ޑިރެކްޓަރަށް އެހީތެރިވެދިނުން.
  • ދަށުން މަސައްކަތް ކުރައްވާ މުވައްޒަފުންގެ ކަންކަން ބެލެހެއްޓުން.

މަސައްކަތުގެ ވަގުތު:

މި ކޯޕަރޭޝަންގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތްކުރަން ޖެހިއްޖެނަމަ ނުރަސްމީ ގަޑީގައިވެސް މަސައްކަތްކުރާ ގޮތަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށް އެދި ހުށަހަޅާ ސިޓީ (އިޢުލާން ނަންބަރާއެކު)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން

ސުންގަޑި:

17 ޖޫން 2015 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، އެންމެ އެކަށީގެންވާ ފަރާތެއް ނެގުމުގެ ފުރުޞަތު އޮންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

އިތުރު މަޢުލޫމާތު:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓްވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަވަންވާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރަންވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

އަމީނީމަގު، 20379

މާލެ، ދިވެހިރާއްޖެ

16 ޝަޢުބާން 1436

03 ޖޫން 2015