ދިވެހިރާއްޖެ
ޢިއުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު - ކެމިކަލް ގުދަން ހެދުމަށް ބިޑް އުސޫލުން ކުލީބިން ދޫކުރުމަށް ހުޅުވާލުން
- ކެމިކަލް ގުދަން ހެދުމަށް ބިޑް އުސޫލުން 01 ކުލީބިން ދޫކުރުމަށް ހުޅުވާލަމެވެ.
- ކުލީބިމުގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ މައުލޫމާތު:
- ބިމުގެ ބޮޑުމިން: 30*50 ފޫޓް (1500 އަކަފޫޓް)
- ބިމު ކުލި: މަހަކު އަކަފޫޓަކަށް 0.20ރ (ވިހި ލާރި) އަށްވުރެ ކުޑަނޫން އަދަދަކަށް.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 12 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މި އިދަރާގައި ރަޖިސްޓްރީ ކުރެވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭފޯމު އިނގުރައިދޫ ކައުންސިލްގެ އިދާރާއިން އަދި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.
4. މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 16 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން ތިރީގައިވާ އީ-މެއިލް އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.
5. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 23 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހުގެ 10:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
6. މި ބީލަމުގެ ޕްރީ ބިޑް މީޓިން އޮންނާނީ 18 ސެޕްޓެމްބަރ 2024 ވާ ބުދަ ދުވަހު 13:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
7. ބިން އޮތް ސަރަހައްދު:
8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފޯނު ނަންބަރު: 6580028
އީ-މެއިލް: [email protected]
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.