ޞިއްޙީ ދާއިރާއަށް ބޭނުންވާ ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނުކުރުމަށް ހުޅުވާލާ ސްކޮލަރޝިޕް ފުރުޞަތު
|
މިއީ 04 ޖޫން 2015 ގައި ކުރެވުނު އިޢުލާން ނަންބަރު IUL)166-Schol/166/2015/70) ގެ ސުންގަޑި 17 ޖޫން 2015 (ބުދަ) ދުވަހުގެ 14:30 ގެ ނިޔަލަށް އިތުރު ކުރެވިފައިވާތީ ކޮށްފައިވާ އިޢުލާނެކެވެ.
|
ނޭޕާލް
|
ޤައުމު
|
ކޯހުގެ ފެންވަރު: ޕޯސްޓްގްރެޖުއޭޓް
|
ނެޝަނަލް އެކަޑަމީ އޮފް މެޑިކަލް ސައިންސަސް
|
އިންސްޓިޓިއުޓް
|
- 2 އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ (އެމް.ޑީ)
- 2 އެނެސްތީސިއޮލޮޖީ (އެމް.ޑީ)
- 2 ޕީޑިއެޓްރިކްސް (އެމް.ޑީ)
- 2 އިންޓަރނަލް މެޑިސިން (އެމް.ޑީ)
- 1 އޯތޯޕީޑިކްސް (އެމް.އެސް)
- 1 އީ.އެން.ޓީ (އެމް.އެސް)
- 2 ޖެނެރަލް ޕްރެކްޓިޝަނަރސް (އެމް.ޑީ)
|
ކޯހުގެ އަދަދު، ދާއިރާ އަދި ލެވެލް
|
- އެމް.ބީ.ބީ.އެސް ހާސިލުކޮށްފައިވުން. (ކޯހަށް އެދި ހުށަހަޅާ ޑިގްރީ ސެޓުފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓް ކޮށްފައިވާ ސެޓުފިކެޓަކަށް ވާންޖެހޭނެއެވެ.) އަދި،
- އެމް.ބީ.ބީ.އެސް ހެދުމަށްފަހު މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓަރީވެފައިވާ ފަރާތެއް ކަމުގައިވުން.
|
ޝަރުޠު
|
- މިކޯސްތަކަށް ކެންޑިޑޭޓުން ހޮވުމުގައި އިސްކަންދޭނީ ތިރީގައިވާ މިންގަނޑަށް ބަލައިގެންނެވެ.
- މިފުރުޞަތުތަކަށް މީހުން ހޮވުމުގައި އެންމެ ފުރަތަމަ އިސްކަންދެވޭނީ އަތޮޅުތެރޭގެ ސަރުކާރު ހޮސްޕިޓަލެއް / ޞިއްޙީ މަރުކަޒެއްގައިމަސައްކަތް ކުރައްވާ ޑޮކްޓަރުންނަށެވެ. ނަމަވެސް އަތޮޅުތެރޭގައި މަސައްކަތްކުރައްވާ ޑޮކްޓަރުންގެ އަދަދު ހުޅުވާލެވިފައިވާ ފުރުޞަތުގެ އަދަދަށްވުރެ އިތުރުވާނަމަ ދެން އިސްކަންދެވޭނީ، އެމް.ބީ.ބީ.އެސް ހެދުމަށްފަހު އަތޮޅުތެރޭގެ ސަރުކާރު ހޮސްޕިޓަލެއް / ޞިއްޙީ މަރުކަޒެއްގައި ޚިދުމަތް ކޮށްފައިވާ މުއްދަތަށެވެ. ނަމަވެސް ޚިދުމަތުގެ މުއްދަތު އެއްވަރުވެއްޖެނަމަ ކެންޑިޑޭޓުން ހޮވާނީ ގުރުއަތުންނެވެ.
- މަތީގައި ދެންނެވިފައިވާ ފަދައިން އަތޮޅުތެރޭގެ ސަރުކާރު ހޮސްޕިޓަލެއް/ ޞިއްޙީ މަރުކަޒެއްގައި މަސައްކަތް ކުރައްވާ ކެންޑިޑޭޓުން ހުޅުވާލެވިފައިވާ ފުރުޞަތުގެ އަދަދަށް ނުލިބިއްޖެނަމަ ދެން އިސްކަންދޭނީ މާލެ، ހުޅުމާލެ އަދި ވިލިނގިލީއަވަށުގެ ސަރުކާރުގެ ހޮސްޕިޓަލް / ޞިއްޙީ މަރުކަޒުތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަށެވެ. ނަމަވެސް ސަރުކާރުގެ ހޮސްޕިޓަލް/ ޞިއްޙީ މަރުކަޒުތަކުގައި މަސައްކަތްކުރައްވާ ކެންޑިޑޭޓުންގެ އަދަދު ހުޅުވާލެވިފައިވާ ފުރުޞަތުގެ އަދަދަށްވުރެ އިތުރުވާނަމަ ދެން އިސްކަންދެވޭނީ، އެމް.ބީ.ބީ.އެސް ހެދުމަށްފަހު ސަރުކާރުގެ ހޮސްޕިޓަލް/ ޞިއްޙީ މަރުކަޒުތަކުގައި ޚިދުމަތްކޮށްފައިވާ މުއްދަތަށެވެ. ޚިދުމަތުގެ މުއްދަތު އެއްވަރުވެއްޖެނަމަ ކެންޑިޑޭޓުން ހޮވާނީ ގުރުއަތުންނެވެ.
- މަތީގައި ދެންނެވިފައިވާ ފަދައިން އަތޮޅުތެރޭގެ އަދި މާލެ، ހުޅުމާލެ އަދި ވިލިނގިލީއަވަށުގެ ސަރުކާރުގެ ހޮސްޕިޓަލް / ޞިއްޙީ މަރުކަޒެއްގައި މަސައްކަތްކުރައްވާ ކެންޑިޑޭޓުން ހުޅުވާލެވިފައިވާ ފުރުޞަތުގެ އަދަދަށް ނުލިބިއްޖެ ޙާލަތެއްގައި ދެން ފުރުޞަތުދެވޭނީއަތޮޅުތެރޭގެ ޕްރައިވެޓް ހޮސްޕިޓަލް/ ޞިއްޙީ މަރުކަޒު އަދި ކްލިނިކްތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށެވެ. ނަމަވެސް އަތޮޅުތެރޭގެ ޕްރައިވެޓް ހޮސްޕިޓަލް/ ކްލިނިކްތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ އަދަދު ހުޅުވާލެވިފައިވާ ފުރުޞަތުގެ އަދަދަށްވުރެ އިތުރުވެއްޖެނަމަ ދެން އިސްކަންދެވޭނީ އެމް.ބީ.ބީ.އެސް ހެދުމަށްފަހު އަތޮޅުތެރޭގައި މަސައްކަތްކޮށްފައިވާ މުއްދަތަށެވެ. ޚިދުމަތުގެ މުއްދަތު އެއްވަރުވެއްޖެނަމަ ކެންޑިޑޭޓުން ހޮވާނީ ގުރުއަތުންނެވެ.
- މަތީގައި ދެންނެވިފައިވާ ތިން ގޮތަށްވެސް ބަލައިގެންވެސް ފުރުޞަތުގެ އަދަދަށް ކެންޑިޑޭޓުން ނުލިބިއްޖެނަމަ ދެން ފުރުޞަތުދެވޭނީމާލެ، ހުޅުމާލެ އަދި ވިލިނގިލީއަވަށުގެ ޕްރައިވެޓް ހޮސްޕިޓަލް / ކްލިނިކްތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށެވެ. ނަމަވެސް މާލެ، ހުޅުމާލެ އަދި ވިލިނގިލީއަވަށުގެ ޕްރައިވެޓް ހޮސްޕިޓަލް / ކްލިނިކްތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ އަދަދު ހުޅުވާލެވިފައިވާ ފުރުޞަތުގެ އަދަދަށްވުރެ އިތުރުވެއްޖެނަމަ ދެން އިސްކަންދެވޭނީ އެމް.ބީ.ބީ.އެސް ހެދުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތަށެވެ. ޚިދުމަތުގެ މުއްދަތު އެއްވަރުވެއްޖެނަމަ ކެންޑިޑޭޓުން ހޮވާނީ ގުރުއަތުންނެވެ.
- ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މިޑިޕާޓްމަންޓް މެދުވެރިވެގެން ކިޔެވުމަށް ބޭންކަކުން ލޯނެއް ނަގާފައިވާނަމަ ގަވާއިދުން ލޯނު ދައްކަމުންދާ ފަރާތެއްކަމުގައިވުން. އަދި މިކޯސް ހަދަމުންދާ މުއްދަތުގައިވެސް ލޯނު ގަވާއިދުން ދައްކަމުންގެންދަން އެއްބަސްވާ ފަރާތެއްކަމުގައިވުން.
- ކޯހަށް އެދި ހުށަހަޅާ ޑިޕްލޮމާއިން ފެށިގެން މަތީގެ ސެޓުފިކެޓުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވާ ސެޓުފިކެޓަކަށް ވާންވާނެއެވެ. އަދި ބެޗްލަރސް ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެކެންޑިޑޭޓެއް ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ އަދި އެއޮތޯރިޓީން ޤަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި އެސެޓުފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.
- އެކެންޑިޑޭޓަކު ބެޗްލަރސް ޑިގްރީ ހާސިލުކުރި ޔުނިވަރސިޓީއެއްގެ ގްރޭޑިންގ ކްރައިޓީރިއާ ޢާންމުކޮށް މިޑިޕާޓްމަންޓުން ބަލައި ގްރޭޑިންގ ސްކީމާ ތަފާތުނަމަ، އެޔުނިވަރސިޓީއެއްގެ ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅަންވާނެއެވެ. ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅާފައިނުވާނަމަ، ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދިނުމުގައި ބެލެވޭނީ މިޑިޕާޓްމަންޓުން ބަލަމުންގެންދާ އުސޫލުގެ މަތިންނެވެ.
- ޑިޕްލޮމާއިން ފެށިގެން މަތީގެ ކޯސްތައް ފުރިހަމަ ކޮށްފައިވަނީ އެހެން ކޯހަކުން ކްރެޑިޓް ލިބިގެން ކަމުގައި ވަނީނަމަ، އެޕްލިކޭޝަން ހުށަހަޅާއިރު ކުރިން ހަދާފައިވާ ކޯސްތަކުގެ ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. މި ގޮތަށް ހުށަނާޅާ ފަރާތްތަކުގެ ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދެވެން ނޯންނާތީ އެ ފަރާތްތަކުގެ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.
- މިކޯސްތަކަށް ފަންޑުކުރުމަށް ހަމަޖެހިފައިވަނީ ދިވެހި ސަރުކާރުގެ ބަޖެޓުންނެވެ.
- މި ސްކޮލަރޝިޕްގެ ދަށުން މަތީތަޢުލީމު ހާސިލުކުރުމަށް ފުރުޞަތު ލިބޭ ދަރިވަރުން ކިޔަވައި ނިންމުމަށްފަހު، އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގައި 5 އަހަރުދުވަހު ޚިދުމަތް ކުރުމަށް ބޮންޑްކުރެވޭނެއެވެ.
- މިކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިޢުލާން ކުރެވިފައިވާ ކޯހާ އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާ އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެއެވެ.
- މިއިޢުލާނުގައި ބަޔާން ކުރެވިފައިވާ ޝަރުޠެއް ހަމަނުވުމުގެ ސަބަބުން ނުވަތަ ހުށަހަޅަންޖެހޭ ތަކެތި ހުށަނޭޅުމުގެ ސަބަބުން ޑިސްކޮލިފައި ކުރެވޭ ކެންޑިޑޭޓުން، މިޑިޕާޓްމަންޓްގެ ވެބްސައިޓްގައި އަޕްލޯޑް ކުރެވިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު" ގެ ދަށުން ކޮލިފައި ކުރެވިދާނެއެވެ.
- ނޭޕާލްގެ ނޭޝަނަލް އެކަޑަމީ އޮފް މެޑިކަލް ސައިންސަސްގެ އެންޓްރީ ކްރައިޓީރިއާ އެނގިވަޑައިގަންނަވާނެ ލިޔުމެއް މިޑިޕާޓްމަންގެ ވެބްސައިޓް www.dhe.gov އަށް އަޕްލޯޑް ކުރެވިފައިވާނެއެވެ.
- މިކޯހަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ލިސްޓު، ނޮމިނޭޝަން ހެދުމަށްފަހު މިޑިޕާޓްމަންޓްގެ ވެބްސައިޓް: www.dhe.gov އަށް އަޕްލޯޑް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު:
|
- ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ އެޕްލިކޭޝަން ފޯމާއި އެފޯމުގައި ބަޔާންކޮށްފައިވާ ތަކެތީގެ 1 ސެޓް.
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރުގެ އޮފީހަކުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ނުވަތަ ލޯފާމަކުން ތައްގަނޑުޖެހި އަސްލު. އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުން ނަގާފައިވާ ކޮޕީ، އަދި އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ސްކޭން ކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ. (އެޓެސްޓް ކުރަންވާނީ އިނގިރޭސިބަހުންނެވެ.)
- އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި އަދި ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، ސޮއިއަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރުހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރުމުގެ އިޚުތިޔާރު މިޑިޕާޓްމަންޓަށް ލިބިގެންވެއެވެ.
- ކޯހަށް އެދި ހުށަހަޅާ ޑިޕްލޮމާއިން ފެށިގެން މަތީ ސެޓުފިކެޓުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓް ކޮށްފައިވާ ސެޓުފިކެޓަކަށް ވާންޖެހޭނެއެވެ. އަދި މާސްޓަރސް ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެކެންޑިޑޭޓެއް ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ހަދާފައިވާ އެއޮތޯރިޓީން ޤަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުން. އަދި އެސެޓުފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.
- ހާސިލުކޮށްފައިވާ މަތީ ތަޢުލީމުގެ ހުރިހާ ސެޓުފިކެޓުތަކެއްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރުގެ އޮފީހަކުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ނުވަތަ ލޯފާމަކުން ތައްގަނޑުޖެހި އަސްލު.
- އެމް.ބީ.ބީ.އެސް ހެދުމަށްފަހު މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓަރީވެފައިވާކަން އަންގައިދޭ ލިޔުން.
- ސަރުކާރުގެ ނުވަތަ އަމިއްލަފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މީހަކުނަމަ، އެތަނުން އެމީހަކު މިކޯހަށް ދޫކުރާނެކަމުގެ ލިޔުން.
- އަތޮޅުތެރޭގައި މަސައްކަތް ކުރައްވާ ޑޮކްޓަރުން އެމް.ބީ.ބީ.އެސް ހެދުމަށްފަހު އަތޮޅުތެރެއަށް ޚިދުމަތްކޮށްފައިވާ މުއްދަތު އަންގައިދޭ ރަސްމީ ލިޔުން.
- މާލެ، ހުޅުމާލެ އަދި ވިލިނގިލީއަވަށުގައި މަސައްކަތްކުރައްވާ ޑޮކްޓަރުން އެމް.ބީ.ބީ.އެސް ހެދުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވާ މުއްދަތު އަންގައިދޭ ރަސްމީ ލިޔުން.
- ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މިޑިޕާޓްމަންޓް މެދުވެރިވެގެން ކިޔެވުމަށް ބޭންކަކުން ލޯނެއް ނަގާފައިވާނަމަ ގަވާއިދުން ލޯނު ދައްކަމުންދާކަމުގެ ރަސްމީ ލިޔުން އަދި މިކޯސް ހަދަމުންދާ މުއްދަތުގައިވެސް ލޯނު ދައްކަމުންގެންދަން އެއްބަސްވާކަމުގެ ލިޔުން.
- ކޯހަށް ހުށަހަޅުއްވާ ފަރާތް މިވަގުތު މަސައްކަތް ކުރައްވަނީ ކޮން ތަނެއްގައިކަން އަންގައިދޭ ރަސްމީ ލިޔުން
- ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓެއް ހަމައަށް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ޑިސްކޮލިފައި ކުރެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
|
ސުންގަޑި: 17 ޖޫން 2015 (ބުރާސްފަތި) ދުވަހުގެ 14:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރ (ވެލާނާގެ/ 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާންގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓްތަކެއް ހަމަކުރުމަށްފަހު ސިޓީއުރައަށް ލައި ބަންދުކޮށް އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ސިޓީއުރައިގެ ބޭރުގައި ލިޔުމަށްފަހު މިޑިޕާޓްމަންޓްގެ ކައުންޓަރަށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުމެވެ.
|
ކޯހަށް އެދޭ ފޯމު ހެނދުނު 8:30 އިން މެންދުރުފަހުގެ 15:00 އަށް ވެލާނާގޭގެ 2 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން (http://www.dhe.gov.mv) ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3341325/ 3341327 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.
|