ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)307/INDIV/2024/73
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 12:57
ސުންގަޑި: 12 ސެޕްޓެންބަރު 2024 00:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުސޫލު ނަންބަރު: (PP)307/INDIV/2022/1 (ކައުންސިލްގެ އިޙްތިޞާސް ތެރޭގައި ހިމެނޭ އެންމެހާ ބިންތައް، އެކިއެކި ބޭނުންތަކަށް ކުއްޔަށްދިނުމާއި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލު) އަށް 1 (އެކެއް) ވަނަ އިސްލާހު ގެނައުމާއި ގުޅޭ:

އިޢުލާން

 

އުސޫލު ނަންބަރު: (PP)307/INDIV/2022/1 (ކައުންސިލްގެ އިޙްތިޞާސް ތެރޭގައި ހިމެނޭ އެންމެހާ ބިންތައް، އެކިއެކި ބޭނުންތަކަށް ކުއްޔަށްދިނުމާއި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލު) އަށް 1 (އެކެއް) ވަނަ އިސްލާހު ގެނައުމާއި ގުޅޭ:

އުސޫލު ނަންބަރު: (PP)307/INDIV/2022/1 (ކައުންސިލްގެ އިޙްތިޞާސް ތެރޭގައި ހިމެނޭ އެންމެހާ ބިންތައް، އެކިއެކި ބޭނުންތަކަށް ކުއްޔަށްދިނުމާއި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލު) އަށް އަންނަނިވި އިސްލާހުތައް ގެނައުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ.

އުސޫލުގެ 16 ވަނަ މާއްދާ (އިތުރު ފަރާތަކަށް ކުއްޔަށްދިނުމާއި ބަދަލުކުރުން) ގެ 16.3.4 އަންނަވިވި ގޮތަށް އިސްލާހުކުރުން؛

16.3.4   އެއްބަސްވުން ބަދަލުކުރުމުގެ އިދާރީ ފީއެއްގެ ގޮތުގައި ބިމުގެ ބޮޑުމިނަށް ބަލާ އަކަފޫޓަކަށް 10 (ދިހައެއް) ރުފިޔާގެ ރޭޓުން ރ. އިންނަމާދޫ ކައުންސިލަށް ފައިސާ ދެއްކުން.

އުސޫލުގެ 16 ވަނަ މާއްދާ (އިތުރު ފަރާތަކަށް ކުއްޔަށްދިނުމާއި ބަދަލުކުރުން) އަށް އަންނަނިވި ކަންކަން އިތުރުކުރުން؛

16.5     މި އުސޫލްގެ ދަށުން ދޫކުރެވޭ އެއްވެސް ބިމެއް އެބިމަކަށް ދެވިފައިވާ ގްރޭސް ޕީރިއަޑް ތެރޭގައި އިތުރު އެއްވެސް ފަރާތަކަށް ބަދަލެއް ނުކުރެވޭނެއެވެ.

16.6     ޤަވައިދާ ޙިލާފަށް ކައުންސިލްގެ ހުއްދަނެތި އެއްވެސް ބޭނުމަކަށް އެއްވެސް ފަރާތަކުން ބިން ބޭނުންކުރަމުންދާކަން ކައުންސިލަށް ފާހަގަވާ ތާރީޙުން ފެށިގެން ބިން ބޭނުންކުރާކަމަކަށް ރިއާޔަތްކޮށް ބެލުމަށްފަހު ކައުންސިލުން ކަނޑައަލާފައިވާ އެންމެ ކުޑަ ކުލި ނަގާ އެކަން ހުއްޓުވޭނެއެވެ. އެގޮތުން؛

16.6.1   އަދި ފުރަތަމަ ފަހަރު 3,000.00 (ތިންހާސް) ރުފިޔާއާއި 5,000.00 (ފަސްހާސް) ރުފިޔާއައި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އެކަން ތަކުރާރުވާ 2 ވަނަ ފަހަރު 5,000.00 (ފަސްހާސް)  ރުފިޔާއާއި 10,000.00 (ދިހަހާސް) ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެކަން ތަކުރާރުވާ  3 ވަނަ ފަހަރު ނުވަތަ އެއަށްވުރެ އިތުރުވާ ކޮންމެ ފަހަރަކު 10,000.00 (ދިހަހާސް) ރުފިޔާއާއި 25,000.00 (ފަންސަވިސްހާސް) ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް އުސޫލުގެ ތެރެއިން އެތަން ހުސްކުރުމުގެ މަސައްކަތް ކުރެވޭނެއެވެ

16.7     މި އުސޫލްގެ ދަށުން ކޮންމެ ފަރާތަކަށްވެސް އެފަރާތެއްގެ ނަންމައްޗަށް ބަދަލުކުރެވޭނީ އެންމެ ގިނަވެގެން 2 ބިމެވެ. އެހެންނަމަވެސް ބިން ބަދަލުކުރުމަށް ހުށައަޅާއިރު ބަދަލުކުރުމަށް ބޭނުންވާ ފަރާތުގެ ނަމުގައި ބިމެއް އޮތްނަމަ 1 ބިމެވެ.

މި އުސޫލަށް ގެނެވިފައިވާ މަތީގައި ބަޔާންކުރެވިފައިވާ އިސްލާހުތަކާއެކު 12 ސެޕްޓެމްބަރ 2024 ވަނަ ދުވަހު އުސޫލު ދިވެހިރާއްޖޭގެ ގެޒެޓްގައި ޝާއިއުކުރެވި، އެ ދުވަހުން ފެށިގެން އުސޫލަށް އަމަލުކުރަން ފެށޭނެކަމުގައި އެންމެހާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ސެޕްޓެންބަރު 2024